އިރާންގެ ރައީސް ރައީސީ
އިރާންގެ ރައީސް ރައީސީ
ދުނިޔެ 20 May 2024 | 05:03

އީރާންގެ ރައީސް، ރައިސީ އަވަހާރަވެފައިވާކަން ކަށަވަރުކޮށްދީފި

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

އީރާނުގެ ރައީސް އިބްރާހީމް ރައީސީ އަވަހާރަވެފައިވާކަން އިސްލާމިކް ރިޕަބްލިކް ނިއުސް އެޖެންސީ (އިރްނާ)އިން ވަނީ ކަށަވަރުކޮށްދީފިއެވެ.

ރައިސީއާއެކު ދަތުރުކުރެއްވި އެޤައުމުގެ ޚާރިޖީ ވަޒީރު ހުސައިން އަމީރު އަބްދުالله ހިޔާންއާ، އިރުމަތީ އަޒަރުބައިޖާން ޕްރޮވިންސްގެ ގަވަރުނަރު މަލިކް ރަހުމަތީ އަދި ތަބްރީޒް މިސްކިތުގެ އިމާމް އާޔަތުالله އަލްހާޝިމީވެސް އަވަހާރަވެފައިވާކަމަށް އިރްނާއިން ވަނީ ރިޕޯޓުކޮށްފައެވެ.

އީރާނުގެ ކަމާބެހޭ ފަރާތްތަކުން ބުނެފައުވާގޮތުން ހެލިކޮޕްޓަރުގައި ދަތުރުކުރި މީހުންގެ ހަށިގަނޑުތައް ދެނެނުގަނެވޭ ވަރަށް އަނދާފައިވާކަމަށެވެ.

އީރާނުގެ ރެޑްކްރެސެންޓާއި ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ރައިސީ އާއި އެ ގައުމުގެ ޚާރިޖީ ވަޒީރު ހިމެނޭހެން ބައެއް އިސް އޮފިޝަލުން ދަތުރުފުޅުކުރެއްވި ހެލިކޮޕްޓަރާއި އެ ވެއްޓުނު ސަރަހައްދަށް މިހާރު ރެސްކިޔު ޓީމަށް ދެވުނުއިރު، ހެލިކޮޕްޓަރ އޮތީ އަނދައި ވަރަށް ބޮޑަށް ހަލާކުވެފައެވެ.

ހެލިކޮޕްޓަރު ވެއްޓުނު ސަރަހައްދު ހޯދުނީ ބޯ ދުންފިނީގެ ސަބަބުން ގިނަ ގޮންޖެހުންތަަކަކާ ކުރިމަތިވި ނަމަވެެސް މެދުނުކެނޑި 15 ގަޑިއިރިއަށްވުރެ ގިނައިރު ކުރިއަށް ގެންދިޔަ ސާޗް އޮޕަރޭޝަނުގެ ތެރެއިންނެވެ.

އީރާނުގެ ޤައުމުގެ ދާޚިލީ ވަޒީރު އަޙްމަދު ވަޙީދީ ވިދާޅުވީ, ކުއްލި ހާލަތެއް މެދުވެރިވެ, ރައީސީ އިންނެވި ހެލިކޮޕްޓަރު ބިމަށް ތިރިކޮށްފައި ވަނީ ވަރަށް ބާރަށް ކަމުގައެވެ. މި ހާދިސާ ހިނގާފައި ވަނީ އީރާނުގެ ހުޅަނގު އުތުރު އީސްޓް އަޒަރްބައިޖާން ޕުރޮވިންސުގެ ޖިލްފާގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި
12 Oct 2026 ދުނިޔެ

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ސަރުކާރާއި ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ ޕާޓީ (ޕީ.ޓީ.އައި) އާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއި، ޖުމްލަކޮށް ޙާލަތު ގޯސްވުމާ ގުޅިގެން،...

އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
12 Oct 2026 ދުނިޔެ

އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ. ރާޖަޕަކްސާ އެޑްމިޓް ކުރެވުނީ ސިއްޙީ ކުއްލި ޙާލަތެއް މެދު...

އދ ގެ އާއްމު މަޖިލީހުގެ މެންބަރުންގެ ކުރިމަތީގައި، އީރާން އެއްކޮށް ސުންނާފަތިކޮށްލާނެ ކަމުގެ އިންޒާރު ޓްރަމްޕް ދީފި
23 Sep 2026 ދުނިޔެ

އދ ގެ އާއްމު މަޖިލީހުގެ މެންބަރުންގެ ކުރިމަތީގައި، އީރާން އެއްކޮށް ސުންނާފަތިކޮށްލާނެ ކަމުގެ އިންޒާރު ޓްރަމްޕް ދީފި

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އީރާން މުޅިން ސުންނާފަތިކޮށްލާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދީފިއެވެ. ނަމަވެސް، އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި ކުރި...

ޓްރަމްޕްގެ އިންޒާރެއް؛ އީރާނާ ގުޅުން ބާއްވާ ޤައުމުތަކަށާ ދެކޮޅަށް ހަރުކަށި އިޤުތިޞާދީ ފިޔަވަޅު އަޅާނަން
20 Aug 2026 ދުނިޔެ

ޓްރަމްޕްގެ އިންޒާރެއް؛ އީރާނާ ގުޅުން ބާއްވާ ޤައުމުތަކަށާ ދެކޮޅަށް ހަރުކަށި އިޤުތިޞާދީ ފިޔަވަޅު އަޅާނަން

އީރާނާ އެކު ވިޔަފާރީގެ ގޮތުން ނުވަތަ އެ ނޫން ވެސް ގޮތަކުން ގުޅުން ބާއްވާ ކޮންމެ ޤައުމަކާ ދެކޮޅަށް ބޮޑެތި އިޤުތިޞާދީ ފިޔަވަޅު އެޅާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދީފިއެވެ. ޓްރޫތް...

އީރާނާ އެކު އެއްވެސް މަޝްވަރާއެއް ކުރުމަށް ރާވާފައި ނުވާނެ: ޓްރަމްޕް
19 Aug 2026 ދުނިޔެ

އީރާނާ އެކު އެއްވެސް މަޝްވަރާއެއް ކުރުމަށް ރާވާފައި ނުވާނެ: ޓްރަމްޕް

އެމެރިކާއިން އީރާނާ އެކު އެއްވެސް މަޝްވަރާއެއް ނުކުރާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ މަޝްވަރާތަކެއް ބޭއްވުމަށް ރާވާފައި ނުވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ނަމަ...

އީރާނުގެ މިސައިލް ހަމަލާއެއްގެ ބިރަށްޓަކައި، ކެޓަރިންގ ޓްރަކެއްގައި ސިއްރުން ޓްރަމްޕް މަތިންދާބޯޓަށް އަރުވައިފި
12 Aug 2026 ދުނިޔެ

އީރާނުގެ މިސައިލް ހަމަލާއެއްގެ ބިރަށްޓަކައި، ކެޓަރިންގ ޓްރަކެއްގައި ސިއްރުން ޓްރަމްޕް މަތިންދާބޯޓަށް އަރުވައިފި

މިދިޔަ މަހު ތުރުކީގައި ބޭއްވި ނޭޓޯ ސަމިޓަށް ފަހު އެނބުރި އެމެރިކާއަށް ވަޑައިގެންނެވުމުގެ ދަތުރުގައި އީރާނުގެ މިސައިލް ހަމަލާއެއް އައިސްދާނެ ކަމުގެ ޖާސޫސީ މަޢުލޫމާތާ ގުޅިގެން ރައީސް ޑޮނަލްޑް ޓްރަމްޕް ސ...

އީރާނުގެ ވަރުގަދަ އިންޒާރެއް ގަލްފުގެ ގައުމުތަކަށް: އީރާނަށް ހަމަލާދީފިނަމަ ގަލްފުގެ ގައުމުތަކުގެ ތެޔޮ ވަސީލަތްތަކަށް ހަމަލާދޭނަން
06 Aug 2026 ދުނިޔެ

އީރާނުގެ ވަރުގަދަ އިންޒާރެއް ގަލްފުގެ ގައުމުތަކަށް: އީރާނަށް ހަމަލާދީފިނަމަ ގަލްފުގެ ގައުމުތަކުގެ ތެޔޮ ވަސީލަތްތަކަށް ހަމަލާދޭނަން

އެމެރިކާއިން އިރާނުގެ ބިމަށް އަމާޒުކޮށް އާ ހަމަލާތަކެއް ދީފިނަމަ، މުޅި ގަލްފު ސަރަހައްދުގެ ހަކަތައާ ބެހޭ މުހިންމު ވަސީލަތްތަކަށް ރައްދު ހަމަލާދޭނެ ކަމުގެ ހަރުކަށި އިންޒާރު އިރާނުން ދީފިއެވެ. މި އިންޒާ...

އީރާނުން ޗައިނާގެ ވަރުގަދަ މިސައިލް ސިސްޓަމްތަކެއް ހޯދަނީ
29 Jul 2026 ދުނިޔެ

އީރާނުން ޗައިނާގެ ވަރުގަދަ މިސައިލް ސިސްޓަމްތަކެއް ހޯދަނީ

އެމެރިކާއާއި އިސްރާއީލާއެކު ހިނގަމުންދާ ހަނގުރާމައިގައި އީރާނުގެ ދިފާއީ ނިޒާމު ވަރުގަދަކުރުމުގެ ގޮތުން، ޗައިނާގައި އުފައްދާފައިވާ ކޮނޑަށްލައިގެން ފޮނުވާލެވޭ ވައިގެ ދިފާއީ މިސައިލް ސިސްޓަމްތަކެއް ކުރިއ...