ކަސްޓަމްސްގެ ކުރީގެ ވެރިޔާ ޖުނައިދު ޕީއެންއެފާއި ގުޅިއްޖެ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ކުރީގެ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް މުހައްމަދު ޖުނެއިދު، ޕީއެންއެފާއި ގުޅިއްޖެ އެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި ކަސްޓަމްސްގެ ވެރިކަމާއި އެމްޕީއެލްގެ ސީއީއޯގެ މަގާމު ފުރުއްވި ޖުނައިދު ވަނީ ޕީއެންއެފާއި ގުޅުމަށް ފަހު މެންބާޝިޕް ފޯމް ރައީސް ޔާމީނާއި ހަވާލުކުރައްވާފަ އެވެ.
ރައީސް ޔާމީންގެ ގެކޮޅުގައި މިހާރު ހިންގަމުންދާ މީޑިއާ ހައުސް އުފެއްދި ބޭފުޅަކީ ޖުނައިދު އެވެ. އޭނާ އަކީ އޮންދިގޯ ހިންގާ މަޝްހޫރު ވިޔަފާރިވެރި އެއްވެސް މެ އެވެ.
ޕީޕީއެމުން ވަކިވެވަޑައިގެން ރައީސް ޔާމީން އުފެެއްދެވި ޕީއެންއެފްގަައި މިދިޔަ އަހަރުގެ ނިޔަލަށް ތިބީ 3،012 މެންބަރުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް