ސައި ތައްޓެއް
ސައި ތައްޓެއް
ލައިފްސްޓައިލް 28 Nov 2025 | 05:05

މިތަކެތި ސަޔާއެކު ބޭނުން ކުރާ ނަމަ އެކަން އަވަހަށް ހުއްޓާލާ!

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ސަޔަކީ މުޅި ދުނިޔޭގައިވެސް އެންމެ މަގުބޫލު އެއް ބުއިމެވެ. އޭގެ މީރު ރަހައާއި، ހިތްގައިމު ވަހާއި، އެއިން ލިބިދޭ ސިއްހީ ފައިދާތަކަށްޓަކައި ސައިވެފައި މިވަނީ ވަރަށް ޑިމާންޑްބޮޑު އެއްޗަކަށެވެ.

ސައިން ލިބޭ ސިއްޙީ ފައިދާއަށް ބަލާއިރު އެއީ ހިތުގެ ދުޅަހެޔޮކަމަށާ އެހީވެދޭ، އެންޓިއޮކްސިޑެންޓްސް ހިމެނޭ، މެޓަބޮލިޒަމް ހަލުވިކޮށް، ހިތް ހަމަޖައްސައިދޭ މާއްދާތައް ހިމެނޭ އެއްޗެކެވެ.

ނަމަވެސް، ސައި ބޯއިރު ސަޔާއެކު ކާ ތަކެއްޗަށްވެސް ސަމާލުވާންޖެހެއެވެ. އެހެނީ، ސަޔާއެކު ކާ އެއްޗެއްގެ ސަބަބުންވެސް އޭގެ ރަހައާއި ލިބިދޭ ފައިދާތަކަށް އަސަރު ކުރުވައެވެ. އެހެންކަމުން، ސަޔާއެކު ނުކާންވީ ތަކެތި ދެނެގަތުމަކީ، ސައިގެ ރަހަ އާއި ސިއްހީ ފައިދާތައް ފުރިހަމައަށް ހާސިލުކުރުމަށް އެހީތެރިވެދޭނެ ކަމަކަށްވާއިރު މި ލިޔުމުގައި މި އަލިއަޅުވާލަނީ އެތަކެތީގެ މައްޗަށެވެ.

ކިރުގެ ބާވަތްތަކާއި ސައި

ސަޔަށް ކިރު އެޅުމަކީ ބައެއް މީހުން އާންމުކޮށް ކުރާ ކަމެކެވެ. ނަމަވެސް، ސަޔާއެކު ޗީޒް، ޔޯގަޓް، ނުވަތަ ކްރީމް ފަދަ އެހެން ކިރުގެ ބާވަތްތައް ބޭނުންކުރުމަކީ އޭގެ ރަހައާއި ފައިދާއަށް އަސަރުކުރާ ކަމެކެވެ. ކިރުގެ ބާވަތްތަކުގައި ހުންނަ ޕްރޮޓީންތަކަކީ، ސައިގައި ހިމެނޭ ކެޓެކިންސް ނަމަކަށް ކިޔާ އެންޓިއޮކްސިޑެންޓްތަކާ ގުޅިގެން މަސައްކަތްކުރާ މާއްދާތަކެކެވެ.

ކެޓެކިންސް އެންޓިއޮކްސިޑެންޓްތަކަކީ ހަށިގަނޑުގައި އިންފްލެމޭޝަން މަދުކުރުމަށް، ހިތުގެ ދުޅަހެޔޮކަމަށް އަދި މެޓަބޮލިޒަމަށް އެހީތެރިވެދޭ އެއްޗަކަށްވާއިރު ކިރާއި އެކުވުމުން އެންޓިއޮކްސިޑެންޓް ތަކުގެ ބާރު ކުޑަވެއެވެ.

ޖާނަލް އޮފް ފޮޓޯކެމިސްޓްރީ އެންޑް ފޮޓޯބަޔޮލޮޖީ ބީ: ބަޔޮލޮޖީ އިން ކުރި ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި، ކިރުގައި ހުންނަ ޕްރޮޓީން އަލްފާ-ކެސެއިން އަކީ ސައިގައި ހުންނަ ޕޮލިފެނޯލްސްއާ ގުޅި، އެންޓިއޮކްސިޑެންޓްގެ މަސައްކަތް  ދަށްކޮށްލާ އެއްޗެކެވެ.

ހުތް ބާވަތްތަކާއި ސައި

ހުތް ކާނާގެ ތެރޭގައި ހިމެނޭ، އޮރެންޖު، ލުނބޯ ފަދަ ތަކެއްޗަކީ ވިޓަމިން ސީ އިން މުއްސަނދި މޭވާއެވެ. ނަމަވެސް ސަޔާއެކު ހުތް މޭވާ ބޭނުން ކުރުމަކީ ސައިގައި ހިތި ރަހަލާނެ ކަމެކެވެ. އަދި އޭގެ ސަބަބުން ބަނޑަށް އުނދަގޫ ވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ކުޅި ބާވަތްތަކާއި ސައި

ސަޔާއެކު ކުޅި އެއްޗެހި ކެއުމަކީ މީހުން އާއްމުކޮށް ކޮށްއުޅޭ ކަމެއް ނަމަވެސް،  ކުޅި އެއްޗެހީގައި ހިމެނޭ ބައެއް މާއްދާތައް ސަޔާއެކުވުމުން، ގޭސްޓްރިކްވެ މެއިން ދިލަނެގުން ފަދަ ކަންކަން ދިމާވާނެއެވެ. ހަމަ އެހެންމެ، ކުޅި އެއްޗެހީގެ ސަބަބުން ސައިގެ މީރު ރަހައަށްވެސް އަސަރު ކުރުވައެވެ.

ފައިބަރާއި ޕްރޮޓީން އަދި ދަނގަޑު ގިނައިން ހުންނަ ބާވަތްތަކާއި ސައި

ފައިބަރު ގިނަ ބާވަތްތައް، ރޯ ތަރުކާރީ، ހޯލް ގްރައިންސް ފަދަ ތަކެއްޗަކީ ހަޖަމުކުރުމަށް އެހީވެދޭ އެއްޗެއް ނަމަވެސް، ސަޔާއެކުވުމުން، އެތަކެތީގައި ހިމެނޭ ހަޖަމްކުރުމަށް އެހީވެދޭ މާއްދާގެ ބާރު ކުޑަކޮށްލައެވެ. އެހެނީ ސައިގައި އޮކްސްސެލޭޓް ހިމެނޭއިރު އެއީ ކެލްޝިއަމް، މެގްނީޒިއަމް އަދި އަޔަން އާއި އެކުވެ، އެ މާއްދާތަކުގެ ބާރު ކުޑަކޮށްލައެވެ.

ހަ އެފަދައިން ޕްރޮޓީން ގިނަ، މަހުގެ ބާވަތްތަކާއި، ބިސް އަދި އަޔަން ގިނައިން ހިމެނޭ، ސްޕިނެޗް، ނަޓްސް އަދި ބީންސް ފަދަ ތަކެއްޗާއެކު ސައި ބުއިމުންވެސް އެ ތަކެތީގައި ހިމެނޭ މުހިންމު މާއްދާތަކުގެ ބާރު ކުޑަކޮށް، ސައިގެ ރަހައަށް ބަދަލުތައް ގެނުވައެވެ.

އެހެންކަމުން ސަޔާއެކު ކައިބޮއި ހަދާ ތަކެއްޗާމެދު ސަމާލުވާން ޖެހެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޤާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ފަށައިފިން: ރައީސް ޑރ. މުއިއްޒު
10 Oct 2026 ހަބަރު

ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޤާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ފަށައިފިން: ރައީސް ޑރ. މުއިއްޒު

ރާއްޖޭގައި ނަފްސާނީ ބަލީގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޚާއްޞަ ޤާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވި...

އުރަމަތީގެ ކެންސަރު ދެނެގަނުމުގެ ގާބިލުކަން އިތުރަށް ވަރުގަދަ ކުރަންޖެހޭ: މެޑަމް ސާޖިދާ
08 Oct 2026 ހަބަރު

އުރަމަތީގެ ކެންސަރު ދެނެގަނުމުގެ ގާބިލުކަން އިތުރަށް ވަރުގަދަ ކުރަންޖެހޭ: މެޑަމް ސާޖިދާ

އުރަމަތީގެ ކެންސަރު ދެނެގަނުމުގެ ގާބިލުކަން އިތުރަށް ވަރުގަދަ ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. އުރަމަތީގެ ކެންސަރާ ބެހޭ ހަތް ވަނަ ސިމްޕޯޒިއަމ...

ޒަމާނީ ދިރިއުޅުމުގައި ކަރަށް ލިބޭ ގެއްލުންތަކުން ރައްކާތެރިވާނީ ކިހިނެއް؟
08 Oct 2026 ލައިފްސްޓައިލް

ޒަމާނީ ދިރިއުޅުމުގައި ކަރަށް ލިބޭ ގެއްލުންތަކުން ރައްކާތެރިވާނީ ކިހިނެއް؟

އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ތަކުލީފެއް އުފުލަންޖެހިފައިވާ އެއް ގުނަވަނަކީ އަޅުގަނޑުމެންގެ ކަރެވެ. ސްމާޓްފޯނުތަކާއި ކޮމްޕިއުޓަރުތަކުގެ އިސ...

އަރިދަފުސް ރޯގާ ޖެހިފައި ހުންނައިރު އައިސްކްރީމް ކެވިދާނެތަ؟
07 Oct 2026 ލައިފްސްޓައިލް

އަރިދަފުސް ރޯގާ ޖެހިފައި ހުންނައިރު އައިސްކްރީމް ކެވިދާނެތަ؟

އަރިދަފުސް ރޯގާ ޖެހުމުން އެންމެ އާންމުކޮށް އިވޭ އެއް ނަސޭހަތަކީ ފިނި އެއްޗެހި ނުބުއިމަށާއި، ހާއްސަކޮށް އައިސްކްރީމް ފަދަ ތަކެތި ނުކެއުމަށެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ފިނި އެއްޗެހި ކެއުމަކީ ރޯގ...

ހަށިގަނޑުގައި ސަރުބީ ހުރުން ކޮންމެހެން މުހިންމުވަނީ ކީއްވެ؟
04 Oct 2026 ލައިފްސްޓައިލް

ހަށިގަނޑުގައި ސަރުބީ ހުރުން ކޮންމެހެން މުހިންމުވަނީ ކީއްވެ؟

މިއަދުގެ މުޖުތަމަޢުގައި ސޯޝަލް މީޑިއާ ހުޅުވާލުމާއެކު ފެންނަނީ ހަށިގަނޑުން ސަރުބީ ނައްތާލައި، މަސްތައް ރީތިކޮށް އެނގޭނޭހެން "ޝްރެޑް" ވެފައިވާ ހަށިގަނޑެއް ހޯދުމަށް މަސައްކަތްކުރާ މަންޒަރެވެ. ޑައިޓް ކަލް...

ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ގޮތުން އަމްފާއިން ކުރިއަށްގެންދިޔަ ވެބިނާ ކާމިޔާބުކަމާ އެކު ނިންމާލައިފި
02 Oct 2026 ހަބަރު

ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ގޮތުން އަމްފާއިން ކުރިއަށްގެންދިޔަ ވެބިނާ ކާމިޔާބުކަމާ އެކު ނިންމާލައިފި

ދުނިޔޭގެ ނަފްސާނީ ޞިއްޙަތުގެ ދުވަހާ ގުޅުވައިގެން އޮސްޓްރޭލީއާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަން (އަމްފާ) އިން ކުރިއަށްގެންދިޔަ ޚާއްޞަ ވެބިނާ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. "މައިންޑް މެޓާސް: ވާރ...