އިނގުރައިދޫ ސްކޫލުގެ ދަރިވަރުންނަށް ކަރަންޓު ވައިރުކުރަން ދަސްކޮށްދީފި
ލިޔުންތެރިޔާ
ސްޓާފް ރައިޓަރ
ރ. އިނގުރައިދޫ ސްކޫލުގެ ޕީޓީއޭ އިން ހިންގާ "ހުނަރު ޕޮރޮގުރާމު" ގެ ތެރެއިން ފެނަކައިގެ ޓެކްނީޝަނުން މެދުވެރިކޮށް ދަރިވަރުންނަށް ކަރަންޓު ވައިރުކުރުމުގެ ޢަމަލީ ތަމްރީނު ދީފިއެވެ.
މި ސެޝަންތައް ނަގައިދީފައިވަނީ ރ. އިނގުރައިދޫ ފެނަކަ ބުރާންޗުގެ ސީނިއާ ޓެކްނީޝަން އާރިފް ޢަބްދުއްރަޙްމާނު އާއި ޓެކްނީޝަން އިރުސާދު މުޙައްމަދެވެ.

މި ޕޮރޮގުރާމު ކާމިޔާބުކަމާ އެކު ކުރިއަށް ގެންދިޔުމުގައި ފެނަކައިގެ އިސްވެރިންނާއި އިނގުރައިދޫ ބުރާންޗުގެ މުވައްޒަފުންގެ އެއްބާރުލުން ލިބިފައިވާ ކަމަށް އެ ސްކޫލުން ބުނެފައިވެއެވެ.


އިނގުރައިދޫ ސްކޫލުން ވަނީ މި ތަމްރީނު ޕޮރޮގުރާމުގައި އެހީތެރިވެދިން ފެނަކައިގެ ހުރިހާ ފަރާތްތަކަށާއި ޚާއްޞަކޮށް ސެޝަންތައް ނަގައިދެއްވި ދެ ޓެކްނީޝަނުންނަށް ސްކޫލާއި ބެލެނިވެރިންނާއި ދަރިވަރުންގެ ނަމުގައި ޝުކުރު އަދާކޮށްފައެވެ.

މި ހުނަރު ޕޮރޮގުރާމަކީ އިނގުރައިދޫ ސްކޫލުގެ ޕީޓީއޭ އިން އިންތިޒާމުކޮށްގެން ދަރިވަރުންނަށް ޢަމަލީ ހުނަރު ދަސްކޮށްދިނުމުގެ މަޤުޞަދުގައި ކުރިއަށް ގެންދާ ޕޮރޮގުރާމެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް