މާދަމާ އަކީ ހައްޖު މަހުގެ އެއްވަނަ ދުވަސް، ބޮޑު އީދަކީ 27 ވަނަ ދުވަސް
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ހައްޖު މަހުގެ ހަނދު ފެނުމާ ގުޅިގެން މާދަމާ އަކީ ހައްޖު މަހުގެ ފުރަތަމަ ދުވަސް ކަމުގައި ކަނޑައަޅައިފި އެވެ.
ސައުދީ ސަރުކާރުން ދެންމެ ވަނީ އެކަން އިއުލާނުކޮށްފަ އެވެ. ސައުދީގެ ކަމާބެހޭ އިދާރާއިން ބުނީ ހައްޖު މަހުގެ ހަނދު މިރޭ ފެނުމާ ގުޅިގެން މާދަމާ އަކީ މި އަހަރުގެ ހައްޖުގެ މަހުގެ ފުރަތަމަ ދުވަސް ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.
އެހެން ކަމުން މިއަހަރުގެ އަރަފާތު ދުވަހަކީ މަހުގެ 26 ވަނަ ދުވަހެވެ. އަދި ބޮޑު އީދު ދުވަހަކީ މި މަހުގެ 27ވާ ބުދަ ދުވަހެވެ.
މިއީ ދިވެހި ކަލަންޑަރުގައިވެސް ވާ ގޮތެވެ. ސަރުކާރުން މިހާރު ވަނީ އީދާއި ގުޅިގެން އިތުރު ދުވަސްތަކެއް ބަންދުކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް