އެމްއައިބީ-- ފޮޓޯ: މޯލްޑިވްސް ފައިނޭންޝިއަލް ރިވިއު
އެމްއައިބީ-- ފޮޓޯ: މޯލްޑިވްސް ފައިނޭންޝިއަލް ރިވިއު
ވިޔަފާރި 14 Jul 2024 | 11:04

ވިޔަފާރިތަކަށް މައުލޫމާތު ހިއްސާ ކުރުމަށް ހާއްސަ އޯޕަން ޑޭއެއް އެމްއައިބީ އިން ބާއްވަނީ

ވިޔަފާރިތައް ކުރި އެރުވުމާއި ވިޔަފާރިތަކަށް ފަސޭހަކަމާއިއެކު ބޭންކިން މުއާމަލާތް ކުރުވޭނެ ގޮތްތަކުގެ މައުލޫމާތު ހިއްސާ ކުރުމަށް ހާއްސަ އޯޕަން ޑޭއެއް ބޭއްވުމަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ނިންމައިފިއެވެ.

އެމްއައިބީ އިން ބުނީ މި ހާއްސަ އޯޕަންޑޭ ބޭއްވުމަށް ހަމަޖެހިފައިވަނީ މި ޖުލައި މަހުގެ 18  ވަނަ ދުވަހު 9:00 އިން 17:00 އަށް މީރުމާ އިމާރާތުގެ 2 ވަނަ ފަންގިފިލާގައިކަމަށެވެ.

މި އޯޕަންޑޭގެ ތެރެއިން ވިޔަފާރިތަކަށް އެބޭންކުންދޭ އެކި ހިދުމަތްތަކާއިބެހޭ މައުލޫމާތު ދެވިގެންދާއިރު،  އޭގެތެރޭގައި އެ ވިޔަފާރިއަކާއި އެކަށޭނެ ފައިނޭންސިން ފެސިލިޓީއާއި ޒަމާނީ ވަސީލަތްތަކުގެ އެހީގައި ބޭންކިން ހިދުމަތް ހޯދުމަށް ހުރި ފުރުސަތުތަކާއި ބެހޭ މައުލޫމާތު ލިބޭނެކަމަށާއި އެމްއައިބީގައި އެކައުންޓު ހުޅުވަން ބޭނުންވާ ވިޔަފާރިތަކަށް އެކަމާއިބެހޭ މައުލޫމާތު ލިބޭނެކަމަށް އެމްއައިބީއިން ބުނެއެވެ.

މީގެ ކުރިންވެސް އެމްއައިބީއިން މިފަދަ ހަރަކާތްތައް ކާމިޔާބު ކަމާއިއެކު ކުރިއަށް ގެންގޮސްފައިވާއިރު، އެ ބޭންކުން ކުރިއަށްގެންދާ މިފަދަ ހަރަކާތްތަކަށް ބޮޑު ތަރުހީބެއް ލިބޭކަން ފާހަގަކޮށްލަން ޖެހެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެމްއައިބީގެ ރުފިޔާ ކާޑަށް ދެމުން އައި ޑޮލަރު ލިމިޓަށް ބަދަލެއް، ބައެއް ވިޔަފާރި ސައިޓްތަކަށް ބޭނުންނުކުރެވޭނެ
23 Jun 2026 ހަބަރު

އެމްއައިބީގެ ރުފިޔާ ކާޑަށް ދެމުން އައި ޑޮލަރު ލިމިޓަށް ބަދަލެއް، ބައެއް ވިޔަފާރި ސައިޓްތަކަށް ބޭނުންނުކުރެވޭނެ

މޯލްޑިވްސް އިސްލާމިކް ބެންކް (އެމްއައިބީ) ގެ ރުފިޔާ ކާޑަށް ދެމުން އައި ޑޮލަރު ލިމިޓަށް ބަދަލު ގެނެސް ބައެއް ވިޔަފާރި ސައިޓްތަކަށް ބޭނުންނުކުރެވޭނެ ގޮތް ހަދަން ނިންމައިފި އެވެ. އެމްއައިބީން މިރޭ އާންމު...

އެޗްޑީސީއާއި އެމްއައިބީ ގުޅިގެން ސަލާހުއްދީން ސްކޫލުގައި ޝޭޑް ސްޓްރަކްޗާއެއް ގާއިމުކޮށްދެނީ
06 May 2026 ހަބަރު

އެޗްޑީސީއާއި އެމްއައިބީ ގުޅިގެން ސަލާހުއްދީން ސްކޫލުގައި ޝޭޑް ސްޓްރަކްޗާއެއް ގާއިމުކޮށްދެނީ

ހުޅުމާލޭގެ ސަލާހުއްދީން ސްކޫލުގައި ބެލެނިވެރިން ތިބުމަށް ހާއްސަ ޝޭޑް ސްޓްރަކްޗާއެއް ތަރައްގީކުރުމަށް، ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އާ ދެމ...

ކަސްޓަމަރުންނަށްދޭ ހިދުމަތް ފަސޭހަކުރުމަށް, ޑިއެންއާރާ އެމްއައިބީން އެއްބަސްވުމެއް
14 Jan 2026 ހަބަރު

ކަސްޓަމަރުންނަށްދޭ ހިދުމަތް ފަސޭހަކުރުމަށް, ޑިއެންއާރާ އެމްއައިބީން އެއްބަސްވުމެއް

ގިނަ އަދަދެއްގެ ރައްޔިތުން ބޭނުންކުރަމުން އަންނަ މޯލްޑިވްސް އިސްލާމިކް ބޭންކާއި ޑިޕާޓްމެންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނާ ދެމެދު އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއް ޤާއިމްކޮށްފިއެވެ. ދެފަރާތުގެ ދެމެދ...

މާލޭގައި އިތުރު ހަތަރު، ބަސް ސްޓޮޕް އިމާރާތްތަކެއް، އޭޓީއެމް ހުންނާނެ
18 Nov 2025 ހަބަރު

މާލޭގައި އިތުރު ހަތަރު، ބަސް ސްޓޮޕް އިމާރާތްތަކެއް، އޭޓީއެމް ހުންނާނެ

މާލޭގައި އޭޓީއެމްގެ ހިދުމަތް ލިބޭ ގޮތަށް ބަސް ސޮޓޮޕް އިމާރާތްތަކެއް ތަރައްގީ ކުރުމަށް، މާލެ ސީޓީ ކައުންސިލާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. އެ...

މޯލްޑިވް ގޭހުގެ ކުރީގެ އެމްޑީ މާނު، އެމްއައިބީއަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ ދައްކަންޖެހިއްޖެ
28 Jul 2025 ހަބަރު

މޯލްޑިވް ގޭހުގެ ކުރީގެ އެމްޑީ މާނު، އެމްއައިބީއަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ ދައްކަންޖެހިއްޖެ

މޯލްޑިވް ގޭހުގެ ކުރީގެ އެމްޑީ ޢަބްދުﷲ މައުމޫނުގެ މައްޗަށް މޯލްޑިވްސް އިސްލާމިކް ބޭންކަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ ދެއްކުމަށް ސިވިލްކޯޓުން ހުކުމްކޮށްފިއެވެ. ސިވިލްކޯޓުން މާނުގެ މައްޗަށް މި ހުކުމް ކ...

އީޒެޕުން ކުރާ މުއާމަލާތްތައް ވިސާއާ މާސްޓާ ކާޑުން ކުރެވޭ ގޮތަށް އެމްއައިބީއާއެކު އެއްބަސްވުމެއް
06 May 2025 ހަބަރު

އީޒެޕުން ކުރާ މުއާމަލާތްތައް ވިސާއާ މާސްޓާ ކާޑުން ކުރެވޭ ގޮތަށް އެމްއައިބީއާއެކު އެއްބަސްވުމެއް

ރާއްޖޭގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ސުޕަ އެޕެއް ކަމަށްވާ އީޒެޕުން ކުރާ މުއާމަލާތްތައް ވިސާ އަދި މާސްޓާ ކާޑު މެދުވެރިކޮށް ކުރެވޭގޮތަށް މޯލްޑިވްސް އިސްލާމިކް ބޭންކާ އެކު އެއްބަސްވުމެއްގައި ސޮއ...