ީރިޔާސީ އިންތިޚާބަކީ މިނިވަން އަދި އިންސާފުވެެރި އިންތިހާބެއް ނޫން: ރައީސް ޔާމީން
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ނިމިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބަކީ، މިނިވަން އަދި އިންސާފުވެރި އިންތިހާބެއްކަމަށް ބުނުމަށް ފަސޭހަނޫންކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ވެރިކަމާއި އިބްރާހިމް މުހައްމަދު ސޯލިހު ހަވާލުވެ ވަޑައިގަތުމަށްފަހު ފުރަތަމަ ފަހަރަށް މީޑިޔާތަކާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެއީ މިނިވަން އަދި އިންސާފުވެރި އިންތިހާބެކޭވެސް ދަންނަވަން އެމަނިކުފާނަށް ދަތިފުޅުކަމަށެވެ. އަދި މިނިވަން އިންތިހާބަކަށް ނުވާ ސަބަބަކީ އިންތިހާބުގައި ބޮޑެތި ކަންކަން އޮޅުވާލައިގެން ކޮށްފައިވާތީކަމަށް ރައީސް ޔާމީން ވަނީ ވިދާާޅުވެފައެވެ.
ރައީސް ޔާމީން ވިދާޅުވީ ވޯޓު ކަރުދާސްތައް ނައްތާލާފައިވަނީ ތަހުގީގަށް މައްސަލަ ހުށައަޅާފައިވަނިކޮށް ކަމަށާއި، ކަރުދާސްތައް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.
އަދި އެފަދައިން ކަންތައްތައް ކުރުމުން އީސީގެ މަގުސަދާއި މެދުގައި ސުވާލުއުފެދޭކަމަށް ރައީސް ޔާމީންވަނީ ވިދާޅުވެފައެވެ. އަދި އިންތިޚާބާއި މެދު ތަފާތު ތުހުމަތުތައް ކުރެވުނު އިރުގައިވެސް އެކަން ތަހުގީގުކޮށްފައިނުވާތީ ރައީސް ޔާމީން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ އެ ޕާޓީގެ ފަރާތުން އެ ވޯޓު ކަރުދާހުގެ ސައްހަ ކަން ކަށަވަރު ކުރުމަށް އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވެސް ހުށަހެޅުއްވި ކަމަށާއި، ނަމަވެސް އެކަމަށް ފުރުސަތެއް ދީފައިނުވާކަމަށެވެ.
އަދި މިއީ އެތައްހާސް ރައްޔިތުންތަކެއްގެ ހައްގު ގެއްލިގެން ދިއުމުގެ ގޮތުގައި ރައީސް ޔާމީން ވަނީ ފާހަގަކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް