އެމްޓީސީސީގެ ޗެއަޕާސަން ކަމަށް ސަޢާދާ އިބްރާހިމްް
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ޕަބްލިކް ލިމިޓެޑްގެ ޗެއާޕާސަން ކަމުގެ މަގާމަށް ބޭފުޅަކު އައްޔަނު ކުރައްވައިފި އެވެ.
ޕީސީބީން މިއަދު ބުނީ އެމްޓީސީސީގެ ޗެއާޕާސަން ކަމުގެ މަގާމަށާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް، ދަޕްތަރު ނަންބަރ ރސ 14819، ސަޢާދާ އިބްރާހިމް އައްޔަނުކޮށްފައިވާ ކަމަށެވެ. އޭނާ އެ މަގާމަށް އައްޔަނުކުރީ މިއަދުން ފެށިގެންނެވެ.
އެމްޓީސީސީގެ ޗެއާޕާސަން ކަމުގައި އެންމެ ފަހުން ހުންނެވީ މުހައްމަދު އަފީފް ހުސައިންނެވެ. މުހައްމަދު އަފީފް ހުސައިން މިހާރު ވަނީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ކަމަށް އައްޔަނުކުރައްވާފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް