ްައަލީ ހަމީދުގެ ޖަލުހުކުމް ބާތިލްކޮށްފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޛު އަލީ ހަމީދުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސްއެޅުމުގެ ކުށް، އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށް ހައިކޯޓުން ކަނޑައަޅައިފިއެވެ.
ހައިކޯޓުން މިގޮތަށް ކަނޑައަޅާފައިވަނީ މިއަދު ހެނދުނު ކުރިއަށްދިޔަ ޝަރީއަތުގެ މަޖިލީހުގައެވެ. ކްރިމިނަލް ކޯޓުން އަލީ ހަމީދުގެ މައްޗަށް ކޮށްފައިވާ އެއް އަހަރާއި ހަމަސްދުވަހުގެ ޖަލުހުކުމަކީ އޭނާގެ ފޯނު، ފުލުހުންގެ ތަހުގީގަށް ނުދީގެން ކޮށްފައިވާ ހުކުމެކެވެ. މި ހުކުމާއި އެކު އަލީ ހަމީދަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ގެއްލިގެން ދިޔަކަން ފާހަގަކޮށްލެވެއެވެ.
ތަހުގީގަށް ފޯނު ނުދިން މައްސަލައިގައި ކުރީގެ ރައީސް މައުމޫނާއި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ވެސް ދައުވާއުފުލިއެވެ.
އެ ތިން ބޭފުޅުންގެ މައްޗަށްވެސް ވަނީ މައްސަލަ ސާބިތުވާކަމަށް ކަނޑައަޅައި މިދިޔަ ޖޫންމަހުގެ 13 ވަނަ ދުވަހު ހުކުމްކޮށްފައެވެ.
އަލީ ހަމީދު މިވަގުތު ހުންނެވީ ގޭބަންދުގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް