ހަމީދަށް ކުރިން ހުރި މަގާމާއި އޭސީޕީކަން!
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ފުލުހުންގެ އިންޓަލިޖެންސްގެ ވެރިޔާކަމުގެ މަގާމުގައި ހުއްޓައި 2012 ވަނަ އަހަރު އެ މަގާމުން ވަކިކުރި މުހައްމަދު ހަމީދު (އެމްސީ ހަމީދު) އަލުން އެމަގާމަށް އިޔާދަކޮށް، މޯލްޑިވްސް ޕޮލިސް ސާރވިސްގެ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމު ދީފިއެވެ.
ހަމީދުއަށް ފުލުހުންގެ އިންޓެލިޖެންސްގެ އިސްވެރިޔާގެ މަގާމު ދީފައިވަނީ އެމަގާމުން އޭނާ ވަކިކުރީ ގަވާއިދާއި ޚިލާފަށްކަމަށް ސުޕްރީމް ކޯޓުން ކަނޑައަަޅައި، އެމަގާމު އަލުން ދިނުމަށް ހުކުމްކޮށްފައިވަނިކޮށެވެ.
ހަމީދުއަށް މަގާމުގެ ލިޔުން ހަވާލުކޮށްދީފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސް، ހަމްދޫން ރަޝީދުއެވެ.
އެމްސީ ހަމީދު އަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން، ފަޒްނާ އަހުމަދުގެ ޅިޔަނެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް