ރޭ ނިޔާވި ދެ ޒުވާނުން
ރޭ ނިޔާވި ދެ ޒުވާނުން
ރިޕޯޓް 13 Apr 2025 | 14:36

ދެ ޒުވާނުންގެ ކުއްލި ވަކިވުމާއެކު ދެ ކުންފުންޏަށް ވެސް ބޮޑު ހިތާމައެއް

އެމްޓީސީސީގެ ބަސް ޑްރައިވަރު އިބްރާހިމް ސިޔާދު އާއި ގދ. ފިޔޯރީ ފެނަކަ ބްރާންޗްގެ ސްޕަވައިޒާ މުހައްނަދު ނަޒްމީ މުހައްމަދު ވަނީ ކުއްލި ގޮތަކަށް ނިޔާވެފަ އެވެ.

ސިޔާދު ނިޔާވީ އެކްސިޑެންޓެއްގަ އެވެ. ނަޒްމީ ނިޔާވީ ކުއްލި ގޮތަކަށް ސިއްހީ މައްސަލައެއް ދިމާވެގެންނެވެ. އެ ދެ ޒުވާނުން ނިޔާވުމާއި ގުޅިގެން އެމްޓީސީސީ އާއި ފެނަކަ އިން ވަނީ އާއިލާއަށް ތައުޒިޔާ ކިޔާފަ އެވެ. އަދި ގެއްލިގެން ދިޔައީ ކުންފުންޏަށް މުހިންމު ދެ މުވައްޒިފުންކަން ފާހަގަކޮށްފައިވެ އެވެ.

އެ ދެ މުވައްޒިފުންގެ ކުއްލި ވަކިވުމަކީ ދެ ކުންފުނީގެ މުވައްޒިފުންނަށް ލިބުނު ބޮޑު ހިތާމައެއް ކަމަށް ވެސް ބުނެފައިވެ އެވެ.

އިބްރާހިމް ސިޔާދު

އިބްރާހިމް ސިޔާދު, އެމްޓީސީސީގެ ހިދުމަތާއި ގުޅުނީ ޖުލައި 19, 2018 ގަ އެވެ. އެ ކުންފުނީގައި ވަޒީފާ އަދާކުރާތާ އަށް އަހަރު ވަނީ އެވެ.

އޭނާ ނިޔާވީ ރޭ އައްޑޫ ސިޓީ ފޭދޫ ލިންކު ރޯޑްގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގަ އެވެ. އެކްސިޑެންޓްވީ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. ސައިކަލު ދުއްވަން އިނީ ސިޔާދު އެވެ. އެކްސިޑެންޓަށް ފަހު ހޮސްޕިޓަލަށް ގެންދަން އެމްބިއުލާންސްއަށް އެރުވިއިރުވެސް ސިޔާދުގެ އެއްވެސް ހަރަކާތެއް ނެތެވެ.

ސިޔާދު ހޮސްޕިޓަލަށް ގެންދަނީ

ފުލުހުން ބުނި ގޮތުގައި ސިޔާދު, ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ޑޮކްޓަރުން ބުނެ އެވެ.

އެކްސިޑެންވީއިރު ވެސް ސިޔާދު ހުރީ އެމްޓީސީސީގެ ޓީޝާޓްގަ އެވެ.

މުހައްނަދު ނަޒްމީ މުހައްމަދު

މުހައްނަދު ނަޒްމީ މުހައްމަދަކީ ގދ. ފިޔޯރީ ފެނަކަ ބްރާންޗްގެ ސްޕަވައިޒަރެވެ. ނިޔާވުމާއި ހަމައަށް އެއީ ސިއްހީ މާބޮޑު މައްސަލައެއް ނެތް ރަނގަޅު ސިއްހަތެއްގައި ހުރި ޒުވާނެކެވެ.

ފިޔޯރީ ފެނަކަ ބްރާންޗްގެ އެންމެ މުހިންމު މުވައްޒިފެވެ. އޭނާ ފެނަކަ ހިދުމަތާއި ގުޅުނީ މީގެ ދެ އަހަރާއި ދެ މަހާއި އެއް ދުވަސް ކުރީންނެވެ.

ނަޒްމީ ނިޔާވީ ކުއްލިގޮތަކަށް ރޭ މެންދަމު އެކެއް ޖަހާ އެހާކަންހާއިރު އެވެ. ބެލެެވެނީ ހާޓް އެޓޭކެއް ޖެހުނީ ކަމަށެވެ.

މި ދެ ޒުވާނުން ނިޔާވުމާއި ގުޅިގެން ވަރަށް ގިނަ ބަޔަކު ދަނީ ތައުޒިޔާ ކިިޔަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އައްޑޫން މާލެއަށް ދަތުރުކުރި މުދާ އުފުލާ ދޯންޏެއް ރަސްމާލެ ފަރަށް އަރައިފި
01 Nov 2026 ހަބަރު

އައްޑޫން މާލެއަށް ދަތުރުކުރި މުދާ އުފުލާ ދޯންޏެއް ރަސްމާލެ ފަރަށް އަރައިފި

އައްޑޫ ސިޓީ ހިތަދޫން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދިޔަ މުދާ އުފުލާ ދޯންޏެއް، ރަސްމާލޭގެ ފަރަށް އަރައިފިއެވެ. ފުލުހުން ބުނީ މި ހާދިސާ ހިނގައިގެން ރިޕޯޓްކޮށްފައިވަނީ ރޭ 11:15 ހާއިރު ކަމަށެވެ.

އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓް ކުންފުންޏަށް މިދިޔަ، ދެ އަހަރުވެސް ގެއްލުން
26 Oct 2026 ހަބަރު

އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓް ކުންފުންޏަށް މިދިޔަ، ދެ އަހަރުވެސް ގެއްލުން

އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ 2025 ވަނަ އަހަރުގެ މާލީ ބަޔާނާ ގުޅޭގޮތުން ނެރެފައިވާ ރިޕޯޓްގައި ވާގޮތުން މިދިޔަ އަހަރު އެކުންފުންޏަށް ވަނީ 68.7 މިލިއަން ރުފިޔާ ގެއްލުން ވެފައެވެ.

ކައްދޫ އެކްސިޑެންޓް: މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދެއްކުމަށް ޙުކުމްކޮށްފި
26 Oct 2026 ހަބަރު

ކައްދޫ އެކްސިޑެންޓް: މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދެއްކުމަށް ޙުކުމްކޮށްފި

މަރްޔަމް މޫސާ މަރުވި މައްސަލައިގައި ނައުސާން ޝަރީޢަތުގައި އިޢުތިރާފުވެފައިވާތީ، ކޯޓުން ވަނީ ތިން އަހަރުގެ ޖަލު އަދަބެއް ކަނޑައަޅާފައެވެ. ނަމަވެސް، ތަޙުޤީޤަށާއި ޝަރީޢަތަށް އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށްފަހު، ތަންފީޛުކުރަން ޖެހެނީ އެއް އަހަރާއި ނުވަ މަހާއި 20 ދުވަހުގެ ޖަލު އަދަބެކެވެ.

ބޯކޮށް ވާރޭވެހި ފިޔޯރީގެ ގިނަ ގެތަކަކަށް ފެންވަދެ، މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ: ކައުންސިލް ރައީސް
21 Oct 2026 ހަބަރު

ބޯކޮށް ވާރޭވެހި ފިޔޯރީގެ ގިނަ ގެތަކަކަށް ފެންވަދެ، މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ: ކައުންސިލް ރައީސް

ގދ. ފިޔޯރީއަށް ރޭ ދަންވަރުން ފެށިގެން މެދުކެނޑުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން، އެ ރަށުގެ ގޭބިސީތަކުގެ ގާތްގަނޑަކަށް 90 އިންސައްތަ ގެއަށް ފެންވަދެފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ )އެންޑީއެމްއޭ( އިން ހާމަކޮށްފިއެވެ.

އައްޑޫއާއި ފުވައްމުލަކުގެ ފެނާއި ނަރުދަމާއާ އެމްޑަބްލިއުއެސްސީއިން ހަވާލުވެ، ބިލިން ސައިކަލް މާދަމާ ފަށަނީ
21 Oct 2026 ހަބަރު

އައްޑޫއާއި ފުވައްމުލަކުގެ ފެނާއި ނަރުދަމާއާ އެމްޑަބްލިއުއެސްސީއިން ހަވާލުވެ، ބިލިން ސައިކަލް މާދަމާ ފަށަނީ

އައްޑޫއާއި ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ ޚިދުމަތާ ހަވާލުވި އެމްޑަބްލިއުއެސްސީގެ ފުރަތަމަ ބިލިންގ ސައިކަލް 22 އޮކްޓޫބަރު 2026 ގައި ފަށާނެއެވެ. ޚިދުމަތް މެދުނުކެނޑި ދޭނެކަމުގެ ޔަޤީންކަން ކުންފުނިން ދީފިއެވެ.

އައްޑޫގައި ބާއްވާ "ބަލަދް ބަންގި މުބާރާތް 2026" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
14 Oct 2026 ހަބަރު

އައްޑޫގައި ބާއްވާ "ބަލަދް ބަންގި މުބާރާތް 2026" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އައްޑޫ ސިޓީގެ ދަރިވަރުންނާއި ޒުވާނުންނަށް އަމާޒުކޮށްގެން އަލް ބަލަދް ޖަމްޢިއްޔާއިން އިންތިޒާމްކުރާ "ބަލަދް ބަންގި މުބާރާތް -1 )2026(" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 11 އިން 12 އަށެވެ.