ދުވަސްތަކަކަށްފަހު ޝެއިޚް ނައިފަރީގެ ބޮޑު ދަރުހެއް؛ ބުރާސްފަތި ދުވަހުގެ ރޭ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިޚް މުހައްމަދު އިބްރާހިމް (ނައިފަރީ)ގެ ޚާއްޞަ ދަރުހެއް ބުރާސްފަތި ހުޅުމާލޭގައި ބޭއްވުމަށް ނިންމައިފިއެވެ.
"އަލް ޢަސްރު" ގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ މި ދަރުހަކީ ގިނަ ދުވަސްތަކަކަށްފަހު ޝެއިޚް ނައިފަރީ އާންމުކޮށް ހުޅުވާލައިގެން ބާއްވާ ބޮޑު ދަރުހެއްކަން ފާހަގަކޮށްލަންޖެހެއެވެ.
"الله ގެ ނިޔާއަށް ރުހުން" މި މައުޟޫޢުގެ މައްޗަށް ބާއްވާ މި ދަރުހަކީ "ކަލަކުވޭ" ދަރުސް ސީރީސްގެ ދަށުން ކުރިއަށް ގެންދާ ދަރުހެކެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅިގެން ބާއްވާ މި ދަރުސް އޮންނާނީ ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައި ހުޅުމާލޭގެ "ރުއްގަނޑު 2" ސަރަޙައްދުގައެވެ.

"ކަލަކުވޭ" ސީރީސް އަކީ އަލް- ޢަސްރާއި އެޗްޑީސީން ގުޅިގެން ކުރިއަށް ގެންދާ ޕަބްލިކް ދަރުސް ސީރީސް އެކެވެ. މިއީ މި ސީރީޒްގެ ދަށުން ކުރިއަށް ގެންދާ ތިންވަނަ ދަރުހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް