ރާއްޖޭން އެމެރިކާއާއެކު ވިޔަފާރީގެ މަޝްވަރާތައް ފަށައިފި
ދިވެހިރާއްޖެއާއި އެމެރިކާ އާ ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާތައް ފަށައިފިއެވެ.
މި މަޝްވަރާތައް ފަށާފައިވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެމެރިކާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ދަތުރުފުޅުގައި ވަޒީރު ބައްދަލުކުރައްވާނީ އެމެރިކާގެ ޗެމްބަރ އޮފް ކޮމާސްގެ މެމްބަރުންނާއި، ސަރުކާރުގެ އެހެނިހެން އިދާރާތަކުގެ އިސްވެރިންނާއި އަދި ވިޔަފާރިވެރިންނާއެވެ.
މި ބައްދަލުވުންތަކުގެ މައިގަނޑު މަޤްޞަދަކީ ދެ ޤައުމުގެ ދެމެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން އިތުރަށް ހަރުދަނާކުރުމާ ބެހޭގޮތުން މަޝްވަރާކުރުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް