އާސަހަރާގެ މަސައްކަތް ސެޕްޓެންބަރު މަސް ތެރޭ ނިންމާލެވޭނެ: މޭޔަރު އާޒިމް
އާސަހަރާގެ މަސައްކަތް ކުރިއަށް އޮތް ސެޕްޓެންބަރު މަސް ތެރޭ ނިންމާލެވޭނެކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
މޭޔަރު އާޒިމް މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިގޮތުން އާޒިމް ވިދާޅުވީ، މިސްކިތުގެ މަސައްކަތް ނިމޭއިރު 3,200 އަކަފޫޓު މިސްކިތަށް އިތުރު ކުރެވޭނެކަމަށެވެ.
ހަމައެއާއިއެކު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ފާހަނާއަކާއި, އަންހެން ބޭފުޅުންނަށް ހާއްސަ ފާހާނައަކާއި، ވުޟޫ ކުރާބަޔެއް އަދި ނަމާދު ކުރާ ބައެއްގެ އިތުރުން، ޖަނާޒާތަކަށް އަންނަ ފަރާތްތަކަށް މަޑުކޮށްލެވޭނެ، ހާއްސަ ސަރަހައްދެއް ތަރައްގީ ކުރެވޭނެކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.
އާ ސަހަރާ މަރާމާތުކުރުމަށްޓަކައި މިދިޔަ އަހަރުގެ މެއި މަހު ވަޅުލުމުގެ މަސައްކަތް ހުޅުމާލެއަށް ބަދަލުކުރެވުނެވެ. މެދުކެނޑިފައިވާ މަސައްކަތް ނިންމުމަށް މިއަހަރުގެ މެއި މަހުގެ ފަހުކޮޅު ހަވާލުކުރެވުނުކަން ފާހަގަކޮށްލަން ޖެހެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް