އައިރިސްގެ އެކަށް އަނދައިފި، އިތުރު ގެއަކަށްވެސް ގެއްލުން
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ރ. އަލިފުށި އައިރިސް ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އެގޭ ބޭނުން ނުކުރެވޭ ވަރަށް އަނދައިފި އެވެ.
އެގޭގައި އަލިފާން ރޯވީ މިއަދު މެންދުރު ފަހު އެވެ. އަލިފާން ނިއްވާލެވުނުއިރު މުޅި ގެ އެކީހެން ވަނީ އަނދާފަ އެވެ.
އެމްޑީއެމްއޭ އިން ބުނީ އެ ގޭގައި ދިރިއުޅެމުންދިޔަ މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ރަށު ކައުންސިލާ ގުޅިގެން އެ އޮތޯރިޓިީން ދަނީ ކުރަމުން ކަމަށެވެ.

މީގެ އިތުރުން އައިރިސްގެޔާއި އިންވެގެން ހުރި ދޯޅަބުގެ ފާރަށް ވެސް މި ހާދިސާގައި ގެއްލުންވެފައިވާ ކަމަށެވެ. އަލިފާނުގެ މި ހާދިސާގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.
އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި ސާފެއް ނުވެ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް