ހިރިމަރަދޫ ރައްޔިތުން ތުލުސްދޫއަށް ބަދަލުކޮށްދިނުމަށް އެދެފި
ހދ. ހިރިމަރަދޫގައި ދިރިއުޅޭ ރައްޔިތުން، ކ. ތުލުސްދޫއަށް ބަދަލުކޮށްދިނުމަށް އެރަށު ކައުންސިލުން އެދިފައިވާ ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ހިރިމަރަދޫ ކައުންސިލުން މިނިސްޓަރ އާދަމް ޝަރީފް އާއި ބައްދަލުކުރައްވާފައިވާއިރު، މި ބައްދަލުވުމުގެ މައުލޫމާތު ހިއްސާކުރައްވަމުން މިނިސްޓަރު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުވުމަށް ނިންމާފައިވާކަމަށް ކައުންސިލުން ހާމަކޮށްފައިވާ ކަމަށެވެ.
މިގޮތުން އެރަށުގެ ރައްޔިތުން ބޭނުންވަނީ ތުލުސްދޫ އަށް ބަދަލުވުމަށް ކަމަށް މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވިއެވެ.
ހދ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން އެންމެ ކުޑަ ރަށް ކަމަށްވާ ހިރިމަރަދޫގެ ރަޖިސްޓްރީގައި އޮތީ 584 މީހުންނެވެ. 2022 ވަނަ އަހަރު ނެގި ބޯހިމެނުމުން އެނގޭ ގޮތުގައި، އެރަށުގައި ދިރިއުޅެނީ 260 ދިވެހިންނާއިއެކު ޖުމްލަ 293 މީހުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް