މި އަހަރުގެ އަމީރުލްޙައްޖަކީ މިނިސްޓަރު ސައީދު
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މިއަހަރު ޙައްޖުވެރިންގެ އިސްވެރިއެއްގެ ގޮތުގައި އިޤުތިޞާދީި ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ހަމަޖައްސަވައިފި އެވެ.
އިސްލާމީކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނީ މިއަހަރު ޙައްޖުވެރިންގެ އިސްވެރިއެއްގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފައިވަނީ އިޤުތިޞާދީި ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ކަމަށެވެ.
މި އަހަރު އިސް ޝެއިޚެއްގެ ގޮތުގައި ވަޑައިގެންނެވީ ޑރ. އިލްޔާސް ހުސައިންނެވެ.
މި އަހަރުވެސް ރާއްޖެއިން 1،000 މީހުން ހައްޖުގެ އަޅުކަމަށް ވަނީ ފުރާފަ އެވެ. އެ މީހުން ފުރީ ތިން ބުރެއްގެ މަތީންނެވެ. ފަހު ޓީމު ފުރީ މިއަދު ހެނދުނު އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް