އޭދަފުށީ މަގުތަށް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތުގެ ދެވަނަ ފިޔަވަހި ފަށަނީ
ބ. އޭދަފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގެ އެއްބަސްވުމުގައި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާ އާއި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)އާއިއެކު ސޮއިކޮށްފިއެވެ.
އޭދަފުށީ މަގުހެދުމުގެ މަސްރޫއުގެ އަމަލީ މަސައްކަތް އެކުންފުނިން ފަށާފައިވަނީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުގައެވެ. އޭދަފުށީ މަގުހެދުމުގެ މަސްރޫއުގެ ފުރުތަމަ ފިޔަވަހީގެ ދަށުން 22942 ސްކުއެއަރ މީޓަރުގެ ސަރަހައްދެއް އެކުލެވޭ 19 މަގެއްގައި ވަނީ ތާރުއަޅާ ނިންމާލާފައެވެ.
https://x.com/rdcmaldives
އާރްޑީސީން އަންނަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި މަގުހެދުމުގެ މަސްރޫއުތަށް ކުރިޔަށް ގެންދަމުންކަން ފާހަގަކޮށްލަންޖެހެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް