މިފްކޯގެ އެމްޑީގެ މަގާމަށް ޕީސީބީން އިސްތިއުފާ ދެއްވި އަނަސް އައްޔަނުކުރައްވައިފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ ޑިރެކްޓަރުންގެ ބޯޑުގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަޤާމަށް، ބޭފުޅަކު އައްޔަނު ކުރައްވައިފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ދެންމެ ބުނީ މިފްކޯގެ އެމްޑީ އަދި ސީއީއޯގެ މަގާމަށް ގއ. ދެއްވަދޫ / ދޭލިޔާގެ، މުޙައްމަދު އަނަސް އައްޔަނުކޮށްފައިވާ ކަމަށެވެ.
އަނަސް އަކީ ޕީސީބީގެ ކުރީގެ ރައީސެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ މިއަދު އެވެ.
އަނަސް އަކީ ދައުލަތުގެ މާލިއްޔަތު ބެލެހެއްޓުމާއި، ދަރަނި މެނޭޖުކުރުމުގެ ސިޔާސަތުތަކާއި، އަދި މުއައްސަސާތަކުގެ ހިންގުން ހަރުދަނާކުރުމުގެ ދާއިރާއިން ތަޖުރިބާކާރު، މާލީ އަދި ސިޔާސަތު ކަނޑައެޅުމުގެ ދާއިރާގެ ފަންނީ ބޭފުޅެކެވެ.
އޭނާ ވަނީ ދިވެހި ސަރުކާރުގެ އިސް އެކި މަގާމުތަކެއް ފުރުއްވާފައެވެ.
މި ސަރުކާރުގައި މިފްކޯއަށް އައްޔަނުކުރެވުނު ތިންވަނަ ސީއީއޯ ފަރުހަތު ޝަހީރު، މަގާމުން އިސްތިއުފާ ދެއްވީ މި މަހުގެ 14 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް