ސޮދަގާތު ފައުންޑޭޝަންގެ ހިތާނީ ފެސްޓީވަލް މިސްވެއްޖެ!
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ކުރީގެ ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އިސްވެ ހުންނަވއި އިޖުތިމާއީ މަސައްކަތް ކުރެއްވުމަށް އުފެއްދެވި ޖަމިއްޔާއިން ފާއިތުވި ތިން އަހަރު ބާއްވަމުން އައި ހިތާނީ ކޭމްޕް ނެތުމުގެ ފަޅުކަން ބައެއް އާންމުން ފާހަގަކޮށް ސުޢޫރު ފާޅުކުރަން ފަށައިފިއެވެ.
ހުޅުމާލެ ރެހެންދި ސްކޫލްގައި އެންމެ ފަހުން ބޭއްވުނު ހިތާނީ ފެސްޓިވަލް ގައި 500 ކުދިން ވަނީ ހިތާނުކޮށްފައެވެ.
މުޅިން ހިލޭ ކުރިއަށް ގެންދާ އެ ފެސްޓިވަލްގައި ހިތާނުކުރި ކުދިންނަށް ފަސްޓް ލޭޑީ ގަވައިދުން ޒިޔާރަތް ކުރުމުގެ އިތުރުން ދައުލަތުގެ ކުންފުނި، އޮފީސްތަކުން ވެސް މި ފެސްޓިވަލަށް ޒިޔާރާތްކޮށް ކުދިންނަށް އަގު ބޮޑު އެތައް ހަދިޔާތަކެއް ވަނީ ހަވާލުކުރެވިފައެވެ.
މި ފެސްޓިވަލްގައި ހިތާނު ކޮށްފައިވާ ތިބޭ ކުދިން އަދި އެ ކުދިންގެ ކައިރީގައި ތިބޭ ބެލެނިވެރިންގެ ކެއުމުގެ ޚަރަދުތައް ބަލަހައްޓަނީ ސޮދަގާތު ފައުންޑޭޝަނުންނެވެ.

ވޮއިސް އިން ސޮދަގާތު ފައުންޑޭޝަންއަށް ގުޅުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފައެވެ.
މިއީ ސްކޫލް ބޮޑު ބަންދު ދުވަސްކޮޅާއި ހިތާނީ ސީޒަން ކަމުން ގިނަ ފަރާތްތަކަކުން ދަނީ މިފަހަރުގެ ހިތާނީ ފެސްޓިވަލް އާއި ބެހޭގޮތުން ސުވާލު ކުރަމުނެނެވެ.
އެގޮތުން ސޯޝަލް މީޑިއާގައި މިދުވަސް ކޮޅު އެންމެ ގަދައަށް ދެކެވޭ ވާހައަކީ ސޮދަގާުތު ފައުންޑޭޝަންގެ ހިތާނީ ފެސްޓިވަލްގެ ވާހަކައެވެ. މިއަހަރު އޮންނާނެ ތޯ ކުރެވޭ ސުވާލުތަކުގެ ވާހަކައެވެ.

ފާތިމަތު އިބްރާހިމް އަކީ އިޖްތިމާއީ އެތަކެއް ހިދުމަތްތަކެއް އެކަމަނާގެ ފިރިކަލުންނާއެކު ކޮށްދީފައިވާ ފަރާތެކެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ އިސްކަމެއް ދީގެން އެކަމަނާ ވަނީ ބޮޑެތި މަސައްކަތްތަކެއް ކުރައްވާފައިކަން ފާހަގަކޮށްލަން ޖެހެއެވެ.


މިއާއެކު އެކަމަނާއާއި ފިރިކަލުން ކުރީގެ ރައީސް ޔާމީންއަށް ކުރެވުނު ބޮޑެތި ކޮރަޕްޝަންގެ ތުހުމަތު ތަކުގެ ސަބަބުން މިފަދަ ބޮޑެތި މަސައްކަތްތަކުގެ އަގު ވަނީ ވަޒަން ނުކުރެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް