40 ޕްލަސް އަންނަ ފެބްރުއަރީ 27 ގައި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
2017 ވަނަ އަހަރު ބެލުންތެރިންގެ މަގުބޫލުކަން ހޯދި ނޯޓީ 40 ގެ ދެވަނަ ބައި 40 ޕްލަސް 2019 ވަނަ އަހަރުގެ ފެބްރުއަރީ 27 ގައި ޕްރިމިއާކުރާނެކަން އިއުލާން ކޮށްފިއެވެ.
މިކަން އިއުލާން ކޮށްފައިވަނީ މިއަދު މިފިލްމުގެ ޓްރެއިލާ ލޯންޗް ކުރުުމަށް ވީޓީވީ ގައި ބޭއްވި އިވެންޓެއްގައެވެ.
ފިލްމް ސިނަމާގައި ދައްކަން ފެށުމުގެ މަހެއްކުރިން ޓިކެޓް ވިއްކަން ފަށާނެކަމަށާއި ފިލްމު އޮލިމްޕަހުގެ އިތުރުން މާލެ އަދި ހުޅުމާލެ ޝްވެކްގައި އެޅުވުމަށް ހަމަ ޖެހިފައިވެއެވެ. އަދި އެދިލައްވާ ރަށްރަށުގައިވެސް ހަމަ އެދުވަހު ދެއްކުމަށް ހަމަޖެހިފައިވާކަމަށް ފިލްމުގެ ޕްރޮޑިއުސާރ އިސްމާއިލް ޝަފީގް ވިދާޅުވިއެވެ.
ފިލްމާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ފިލްމުގެ ޑައިރެކްޓަރ އަދިި ފިލްމުގެެ ލީޑުރޯލްއިން ފެނިގެންދާ ޔޫސުފް ޝަފީއު (ޔޫޕެ) ބުނެފައިވަނީ 40 ޕްލަސް ވެސް ބެލުންތެރިންގެ ތެރޭގައި މަގްބޫލު ފިލްމަކަށް ވެގެންދާނެކަމަށާއި މިފިލްމުން ވަރަށްގިނަ އާމޫނުތަކެއް ފެނިގެންދާނެކަމުގައި ފާހަގަކުރިއެވެ.
https://www.facebook.com/notea4t/videos/396707734202496/?_rdc=1&_rdr
މީގެ އިތުރުން ފިލްމު ބެލުންތެރިންނަށް ގެނެސްދިނުމަށް މިހާބޮޑަށް ލަސްވެގެންދިޔައީ ރާއްޖޭގެ ސިޔާސީ މަޝްރަހު އޮތްގޮތުން ކަމަށާއީ އެދުވަސްވަރު ފިލްމު ދެއްކިނަމަވެސް މާބޮޑު މަގްބޫލުކަމެއް ލިބިގެން ނުދާނެތީކަމަށްވެސް ފާހަގަ ކުރިއެވެ.
ތ.ބުރުނީގައި ކުޅެފައިވާ މިފިލްމަކީ ބިރުވެރި މަޖާ ފިލްމެކެވެ. އަދި ފިލްމުގެ ހުރިހާ ކާސްޓުންވެސް ފާހަގަ ކުރިގޮތުގައި މިިފިލްމަކީ ނޯޓީ 40 އަށްވުރު މަގްބޫލު ފިލްމަކަށް ވެގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް