ޕީޖީ ޝަމީމަށް ހަމަލާދީ ޒަހަމް ކޮށްލައިފި
ރާއްޖޭގެ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް އަށް ހަމަލާދީ ޒަހަމް ކޮށްލައިފިއެވެ.
ޝަމީމް އަށް ހަމަލާދީ ޒަހަމް ކޮށްލާފައި ވަނީ މާލޭގައެވެ.
މި މައްސަލަ އާއި ގުޅިގެން ފުލުހުން ބުނީ ޕީޖީ ޝަމީމަށް ހަމަލާދިން ކަން ރިޕޯޓް ކޮށްފައި ވަނީ މިއަދު ކަމަށާއި އެ ބޭފުޅާ އަށް ލިބިފައިވާ އަނިޔާތަކަށް އޭޑީކޭ ގައި ފަރުވާ ހޯދަމުން އަންނަ ކަމަށެވެ.
މިހާތަނަށް ބެލި ބެލުމުން ހަމަލާދީފައި ވަނީ ތޫނު އެއްޗަކުން ކަން އެނގޭ ކަމަށާއި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް