އެމެރިކާގެ ކުރީގެ ރައީސް ބުޝް މަރުވެއްޖެ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އެމެރިކާގެ 41 ވަނަ ރައީސްކަމުގެ މަގާމު އަދާކުރެއްވި ޖޯޖް އެޗްޑަބްލިޔު ބުޝް، މިއަދުގެ ވަގުތެއްގައި މަރުވެއްޖެއެވެ.
ޖޯޖް ބުޝް މަރުވެފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން، ބަލިހާލުކޮޅުގައި އުޅުއްވުމަށްފަހުގައެވެ. އެގޮތުން އޭނާއަށް ޕާކިންސަންސް ނުވަތަ ހަނދާން ނެތޭ ބަލި ޖެހި، 2012ވަނަ އަހަރުން ފެށިގެން ދިިރިއުޅުން ވޭތުކުރައްވަމުން ގެންދެވީ ފުރޮޅުލީ ގޮނޑިއެއްގައެެވެ.
ބުޝް އެމެރިކާގެ ރައީސްކަން ކުރެއްވި މުއްދަތުގައި ޚާރިޖީ ގޮތުންވަނީ ގިނަ ކަންތައްތަކެއް ހިނގާފައެެވެ. އެގޮތުން ސޮވިއެޓް ޔޫނިއަންގެ ނިމުމާއި، ސައްދާމް ހުސައިންގެ ފަރާތުން ކުވައިތުގެ މައްޗަށް ވެރިވެގަތުން ހިމެނެެއެވެ.
ބުޝް މަރުވުމާއި ގުޅިގެން ގިނަބަޔަކު ދަނީ އޭނާގެ އާއިލާއަށް ތައުޒިޔާގެ މެސެޖްތައް ފޮނުވަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް