ދިވެހި ހައްޖާޖީން
ދިވެހި ހައްޖާޖީން
ރިޕޯޓް 09 Jun 2024 | 12:01

ޙިޔާލު: ސަރުކާރުގެ އެހީގައި މަންމަ ކުރި ހައްޖާމެދު ހިތަށް އަރާ އެއްޗެއް!

ހައްޖުމަހުގެ މިމާތް މިދުވަސްކޮޅުގެ ތެރޭގައި ސޯޝަލް މީޑިއާ އެކްސްގައި ދިވެހިންގެ ބަޔަކު ފަށައިގެން އުޅޭ ބަހުސަކުން ހިތަށް ވަރަށް ނުތަނަވަސްކަން ލިބޭތީ ގަލަން ހިއްލައިލަމެވެ.

ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ މީހުންގެތެރޭގައި ސަރުކާރުން ޚަރަދުކޮށްގެން ފަގީރުންގެތެރެއިން 50 މީހަކު ހައްޖަށް ގެންދިއުމުން އެމީހުންގެ ހައްޖު،  ﷲ ތައާލާ ގަބޫލުކުރައްވާނެބާއޭ ނުވަތަ ނޫންބާއޭ މީހުންގެ ހިތްތަކަށް ވަންނަހާ ބޮޑަށް ޚިޔާލުތައް ކަފިވެފައިވެއެވެ.

ޢިލްމުވެރި ޝެއިޚުންގެތެރެއިން ޑޮކްޓަރ އިޔާޒު އެކްސަށް ފެތުރުއްވި ޚިޔާލަކީ ސަރުކާރުން ހައްޖަށް އެފޮނުވީ ހައްޖު ވާޖިބު ނުވާ ބައެއް ކަމަށެވެ.

ނިކަމެތިން ހައްޖަށް ފޮނުވަން ދައުލަތުގެ ބައިތުލް މާލުން ނުވަތަ ދައުލަތުގައި ހުރި ޒަކާތު ފައިސާއިންވެސް ޚަރަދުކޮށްގެން ނުވާނެ ކަމަށެވެ. މުއްސަނދި މީހަކު ފަގީރަކަށް ފައިސާ ދީގެން ޝަރުތު ހަމަކޮށްދިނުމަކުން މައްސަލައެއް ނެތެވެ. މިއީ ދީނީގޮތުން ކަން އޮތްގޮތް ކަމެއް ނުވަތަ ސިޔާސީ ވިސްނުމަކުން ވިދާޅުވި އެއްޗެއް ކަމެއް ނޭނގެއެވެ.

އިޔާޒުގެ މިވާހަކައަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ބައެއް ލެކްޗަރާއިންވެސް ތާއީދުކުރާކަން ދޭހަވާގޮތަށް ސޯޝަލް މީޑިއާގައި ޚިޔާލު ފާޅުކޮށް ސަރުކާރުން އަމަލުކުރިގޮތަށް މަލާމާތް އެބަކުރެއެވެ. ދައުލަތުން އެހީތެރިވެދީގެން ނިކަމެތިންނަށް ހައްޖުކުރުމުގެ ފުރުސަތު ހޯދައިދިނުމާއި ދެކޮޅަށް ޚިޔާލުފާޅުކުރާ މީހުންގެ ނަޒަރުގައި ރައްޔިތުންގެ ފައިސާއިން ސަރުކާރަށް އެކަމެއް ނުކުރެވޭނެއެވެ. ސަރުކާރުން އެފޮނުވީ  ހައްޖު ވާޖިބު ނުވާ ބައެކެވެ. ހައްޖު ވާޖިބު ނުވާ ބަޔަކަށް ސަރުކާރުން އެގޮތަށް ވާޖިބު ކަމަކަށް ހަދައިދީގެންނުވާނެއެވެ. ފޮނުވަންވީ ހައްޖުކޯޕަރޭޝަނަށް ފައިސާދައްކައި ކިޔުގައިޖެހިގެން ތިބި މީހުންނެވެ. އެމީހުންނަކީ ޚަރަދުކުރާނެ ފައިސާ ދިނުމުން ހައްޖު ވާޖިބުވެފައި ނުދެވި ތިބި މީހުންކަމަށެވެ.

އަޅުގަނޑަށް އަސަރުކޮށްގެން މިއުޅެނީ އަޅުގަނޑުގެ އާއިލާއިން ހައްޖަށް ދެވޭނެ ފަދަ ތަނަވަސްކަމެއް ނެތި އަދި ހުވަފެނުންވެސް މާތްވެގެންވާ މައްކާގެ ބިމަށް ދެވިދާނެ ކަމުގެ އުއްމީދެއް ނެތިފައި ތިއްބައި 1980 ގެ އަހަރުތަކުގެ ތެރޭގައި ރައީސް މައުމޫނު ދައުލަތުގެ ބައިތުލް މާލުން ޚަރަދު ކުރައްވައިގެން ކޮންމެ އަހަރަކު 40 ފަގީރުން ހައްޖަށް ފޮނުއްވަމުން ގެންދަވަނިކޮށް ވަރަށް ގިނަ ފަހަރު ރަށު އޮފީހަށް ސިޓީލައިގެން އެސިޓީތައް މާލެ ގެންގޮސް ނެގި ގުރުއަތަކުން މަންމައަށް ހައްޖަށް ދާން ގުރުއަތުން ދިމާވެ އެކުރި ހައްޖަކީ ދައުލަތުން ލާރިދީގެން ކޮށްދޭންޖެހޭނެ ހައްޖެއް ނޫންކަން ދޭހަވާ މޭރުމަކުން ޢިލްމުވެރިޔާ ޑޮކްޓަރ އިޔާޒު އާއްމުންގެ ތެރޭގައި ބަސްފުޅު ވިދާޅުވެފައިވާތީއެވެ. 
އެތައް ސަތޭކަ ނިކަމެތި ދިވެހިރައްޔިތުންނަކަށް ސަރުކާރުން ދައުލަތުގެ ފައިސާއިން ލާރިދީގެން އެހައްޖުކުރުވައިދީ އެ ހައްޖު ކުރި ގިނަ ރައްޔިތުން މިއަދު މަރުވެ ހިގައްޖެއެވެ. އަޅުގަނޑުގެ މަންމަވެސް މުދިނިޔެއައިވަކިވެއް ހިގައްޖެއެވެ. މަތްالله އެ އެންމެހައި ނިކަމެތި ރައްޔިތުންގެ ހައްޖު ގަބޫލުފުޅު ކުރައްވައި އެއުރެންގެ ފާފަތައް ފުއްސަވައި އަދި މިފަހަރުވެސް ސަރުކާރުން އެފުރުސަތު ދެއްވައިގެން ހައްޖުކުރާ ނިކަމެތި ރައްޔިތުންގެ ހައްޖު ގަބޫލުފުޅުކުރައްވައި ފާފަތައް ފުއްސަވާނދޭވެ.

ޑޮކްޓަރ އިޔާޒުވަނީ ވޭތުވެދިޔަ ފަސްއަހަރު ދުވަހުގެތެރޭގައި ހައްޖު ކޯޕަރޭޝަންގެތެރޭގައި ހުންނަވައިގެން ދައުލަތުގެ ފައިސާއިން އެތަކެއްފަހަރު ހައްޖު ކުރައްވާފައެވެ. ހައްޖު ކޯޕަރޭޝަނާއެކު އޭނާ ވަޑައިގަންނަވަނީ ދީނީ ދަރުސްދެއްވުމުގެ މާތް މަގުސަދުގައެވެ. އެނޫން އިލްމުވެރިންވެސް ތިބެއެވެ. އެކަމަކު އިސްލާމިކް މިނިސްޓްރީ ހިންގަވަން ހުންނެވީ އަދާލަތު ޕާޓީގެ ބެފުޅަކަށްވެފައި ހައްޖު ކޯޕަރަޝްންގެ ބާރުވެސް އޮތީ އަދާލަތަށް ވެފައި ޑޮކްތަރ އިޔާޒަކީ އަދާލަތު ޕާޓީގެ ޝެއިޚެއްވީމާ އެފުރުސަތު ބޮޑަށް ތަނަވެސްވެފައި އޮންނަނީއެވެ. އޭނާއަށްވެސް ހެޔޮ ދުއާއެވެ. މުސްލިމުންގެ ގޮތަކީ އެހެންމީހުންނަށް ލިބޭ ހެޔޮ ރަނގަޅު ނިއުމަތަކަށް ޙަސަދަވެރިނުވެ ފުރައްސާރަނުކޮށް މަލާމާތްނުކޮށް އެނިއުމަތެއް އެމީހަކަށް ދެއްވިކަމުގެ މައްޗަށް އުފާކުރުމެވެ. ހައްޖަށް ދިޔުން ނޫނަސް ދައުލަތުގެ މާލިއްޔާއިން ލާރިދޭ އެހެން ގިންތިތަކެއްވެސް ހުރެއެވެ.

މީގައި ޢިލްމުވެރިން ގޮތެއް ނިންމަންޖެހިފައިވަނީ ދައުލަތުގެ ބައިތުލް މާލުން ޚަރަދުކޮށްގެން ނިކަމެތި ރައްޔިތަކު، އާދެ ހައްޖަށް އަމިއްލަ ޚަރަދުގައި ދެވޭނެ ފަދަ ތަނަވަސްކަމެއް ނެތް މީހުން ހައްޖަށް ފޮނުވުމަކީ ދީނީގޮތުން ކުރެވިދާނެ ކަމެއްތޯ ނުވަތަ ނޫންތޯއެވެ. އެ ހައްޖު ސައްހަވާނެތޯއެވެ.

އަހުރެންގެ ވިސްނުމަށް އަންނަނީ ދައުލަތަކީ ރައްޔިތުންގެ ކަންކަން ބަލަހައްޓަން ހަވާލުވެފައިވާ ފަރާތްކަމަށް ވުމުން މިފަދަ ނިކަމެތި ރައްޔިތުންނަށް އެފަދަ ފުރުސަތެއް ފަހިކޮށްދިނުމުގެ ތަނަވަސްކަމެއް އޮތްނަމަ ދިނުމަކީ ދައުލަތަށް ކުރެވިދާނެ ކަމެއް ކަމަށެވެ. ވައްކަމާއި ޓެކުމާއި މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި ޑްރަގްގެ ވަބާގައިޖެހި ޖަލަށްލައިފައިތިބޭ މީހުންނަށް ފައިވްސްޓަރ ފެންވަރުގައި ކާންދޭން ދައުލަތުން ކުރާ ޚަރަދަށްވުރެ މިއީ މާ ލާއިގުކަން ބޮޑު ކަމެކެވެ. ޢިލްމީ ބަހުސަކަށް ދިއުމުގެ ޢިލްމީ ޤާބިލްކަމެއް އަޅުގަނޑުގެ ނެތަތީވެ އިތުރަށް ބުނާނެ އެއްޗެއް ނެތެވެ.

އަޅުގަނޑަކީ ސަރުކާރުގެ މުސާރަ ލިބޭ މަގާމެއްގައި ހުރި މީހެކެވެ. ރަނގަޅު މުސާރައެއްވެސް ލިބެއެވެ. އެކަކު މިއީ ހައްގު ތެދުބަހެކެވެ. ލިބޭ މުސާރައިން ދައްކަންޖެހޭ ކުލި ދައްކައި ދަރިންގެ ކަންކަމަށާއި ދިރިއުޅުމަށް ކުރަންޖެހޭ ޚަރަދުކޮށް ނިމޭއިރު އަތުގައި ފަހަށް ރައްކާކުރާނެ ލޯ ލާރިއެއްވެސް ނޯވެއެވެ. ވަރަށް ގިނަ ރައްޔިތުންނަކީ އަޅުގަނޑު ފަދަ މީހުންނެވެ. ހައްޖަށް ދިއުމުގެ ހުވަފެނަކީ ހަގީގަތަކަށް އަދިނުވިޔަސް ވަރަށް ގިނަ މީހުން ދެކޭ ހުވަފެނެކެވެ. އެކަމަކު މީހަކު އަޅުގަނޑާއި ދިމާލަށް ނިކަމެތި ފަގީރެކޭ ބުނަން އަޅުގަނޑު ނޭދެމެވެ.

ސޯޝަލް މީޑިއާގައި މިބަހުސް ހިންގާ ބައެއް މީހުން އަޅުގަނޑު ދަންނަމެވެ. އެމީހުންގެތެރޭގައި އާއިލާއެއްކޮށް ރާއްޖެއިން ބޭރަށް ދުބާއީއަށާއި މެލޭޝިޔާއަށާއި ޔޫރަޕަށް ދަތުރުކުރަން 50 ހާހުން 70 ހާހުން ޚަރަދުކުރާ މީހުން އެބަތިއްބެވެ. ހަމައެކަނި ޗުއްޓީ ހަދައި މަޖާކޮށްލުމަށެވެ. އެކަމަކު އެއިން މީހަކު އަދި ހައްޖަކަށް ނުދެއެވެ. އޭނާގެ މައްޗަށް ހައްޖުވާޖިބުވާވަރަށް އަދި ލާރި ނުލިބެނީ ކަމަށް ވެދާނެއެވެ.

ނިކަމެތި ނޫން މީހަކު ނިކަމެއްޗަކަށް ހެދިގެން ހައްޖަށްގޮސް ހުރި ވާހަކަ ވަރަށް ހޫނުކޮށް އެބަ ފަތުރައެވެ. ބައެއް މީޑިއާތަކުގައިވެސް ލިޔެފިއެވެ. ކުރިންވެސް ދެންނެވި ފަދައިން މީހަކު ވަޒީފާއެއް އަދާކުރުމަކީ އޭނާއަށް ހައްޖަށް ދިއުމުގެ ތަނަވަސްކަން ލިބުންކަމަށް ދެކިގެން ނުވާނެއެވެ. އަމިއްލަ ނަފްސާއާއިމެދު ފުރަތަމަ ޖަޖްކޮށްލައްވާށެވެ. ދެން ތިބާއަކީ ހައްޖަށްދިއުމުގެ ބަދަލުގައި ލާރިތައް ހިފައިގެން ޗުއްޓީހަދަ ބޭރުދަތުރުކޮށް އަޗާތަޅައި ލާރިތައް ބުރުވައިލާފައި އައިސްފައި ހުރިމީހެއްތޯ ޚިޔާލުކޮށްލައްވާށެވެ. ނިކަމެތި ފަގީރުންގެތެރެއަށް މަކަރު ހަދައިގެން ވަދެ ހައްޖު ކުރަން ފުރުސަތު ހޯދާ މީހާގެ ކަންކަން ދެނެވޮޑިގަތުން ބޮޑީ الله އެވެ. ތިބާ އޭނާ ތި ޖަޖްކުރާގޮތަކީ ނުބައި ޖަޖްކުރުމަކަށް ވެއްޖެނަމަ އަމިއްލައަށް ހޯދައިގަންނަ ކޮންފަދަ ބޮޑު މުސީބާތެއްތޯއެވެ.

ހައްޖުވެރިންނާއެކު  ހައްޖުކުރަން ގޮސް ސަރުކާރުގެ ފައިސާއިން ޚަރަދު ކޮށްގެން ހައްޖުކުރަން ކަމުގޮސްފައި ސަރުކާރުގެ ޚަރަދުގައި ހައްޖުކުރި އަޅުގަނޑުމެންގެ މައިންބަފައިންގެ ހައްޖަށް މަލާތްމާތް ލިބޭގޮތަށް ޥާހަކަ ދެއްކުމަކީ ފަހަރުގައި ފިތުނައަކަށްވެސް ދެވާނެ ނޫންތޯއެވެ. މައްސަލައަކަށް މިހާރު ވެގެންތިއުޅެނީ ރިޔާސީ އިންތިޚާބުގެތެރޭގައި ވެރިކަމަށް ރައްޔިތުން ހޮވައިފިނަމަ ސަރުކާރުން ޚަރަދުކޮށްގެން 1000 ދިވެހި ނިކަމެތި ރައްޔިތުން ހައްޖަށް ފޮނުއްވައިދެއްވާނެ ކަމަށް ޑޮކްޓަރ މުޙައްމަދު މުއިއްޒު ވައުދުވެވަޑައިގެން އެކަންކުރައްވާތީ ނޫންހެއްޔެވެ. ސަރުކާރުން ޚަރަދުކޮށްގެން ރައްޔިތަކު ހައްޖަށް ފޮނުވާކަށްނުވާނެއެވެ. އެކަމަކު މުއްސަނދި ތަނަވަސް ފޯރާ މީހަކަށްވެހުރެ ދައުލަތުގެ ފައިސާއިން ނިކަމެތި ރައްޔިތުންނަށް ދީފައި ހުންނަ ސަބްސިޑީން ކައިބޮއި ހަދައި އުޅެން އެންމެ ރަނގަޅެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކިޔޫއިން ޖާގަ ލިބުނުތާ ތިން އަހަރުވެފައިވާ، 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް 1448 ވަނަ އަހަރު ޙައްޖުވުމަށް ފުރުސަތު ދެނީ
12 Oct 2026 ހަބަރު

ކިޔޫއިން ޖާގަ ލިބުނުތާ ތިން އަހަރުވެފައިވާ، 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް 1448 ވަނަ އަހަރު ޙައްޖުވުމަށް ފުރުސަތު ދެނީ

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފައިސާ ދައްކައި، ޙައްޖު ކިއުއިން ޖާގަ ލިބުނުތާ 3 އަހަރުވެފައިވާ ޢުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް، ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ޙައްޖުގެ އަޅުކ...

ހައްޖު ކޯޕަރޭޝަނުން އަންނަ ރޯދަ މަހު އައްޑޫއިން ޖިއްދާއަށް ސީދާ ދަތުރުތައް ފަށަނީ
10 Oct 2026 ހަބަރު

ހައްޖު ކޯޕަރޭޝަނުން އަންނަ ރޯދަ މަހު އައްޑޫއިން ޖިއްދާއަށް ސީދާ ދަތުރުތައް ފަށަނީ

އަންނަ ރޯދަ މަހުގެ ފަހު 15 އާ ދިމާކޮށް އައްޑޫ ސިޓީ ގަމުން ޖިއްދާއަށް ސީދާ އުމްރާ ދަތުރުތައް ބޭއްވުމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ނިންމައިފިއެވެ. މިކަމާ ގުޅޭގޮތުން ހައްޖު ކޯޕަރޭޝަނުން ބުނީ، މި ނިނ...

ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް އަތޮޅުތެރެއިން ވެސް ހިލޭ ވެކްސިން ޖެހޭ ގޮތް ހަދައިފި
07 Oct 2026 ހަބަރު

ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް އަތޮޅުތެރެއިން ވެސް ހިލޭ ވެކްސިން ޖެހޭ ގޮތް ހަދައިފި

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ޢުމްރާއަށް ދާ ފަރާތްތަކަށް، މާލެ ސިޓީގެ އިތުރުން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް އެއްވެސް އަގަކާ ނުލައި ވެކްސިން ޖެހޭނެ އިންތިޒާމު މިއަދު ހަމަޖައްސައި...

ހައްޖު ކޯޕަރޭޝަނުގެ ނިއަމް ރެސިޑެންސް ޔުނިޓްތައް ވިއްކުމަށް ކުރި މުއާމަލާތްތައް ބާތިލްކޮށްފި
30 Sep 2026 ހަބަރު

ހައްޖު ކޯޕަރޭޝަނުގެ ނިއަމް ރެސިޑެންސް ޔުނިޓްތައް ވިއްކުމަށް ކުރި މުއާމަލާތްތައް ބާތިލްކޮށްފި

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ހުޅުމާލޭގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ލަގްޒަރީ ހައުސިންގ މަޝްރޫޢު "ނިއަމް ރެސިޑެންސް" ގެ އެޕާޓްމަންޓްތައް ވިއްކުމަށް މިހާތަނަށް ކުރިއަށްގެންދިޔަ...

ހައްޖު ކޯޕަރޭޝަނާއި ސައުދީގެ އަލްރާޖިހީ ކުންފުނި ގުޅިގެން މަސައްކަތް ކުރުމާއި ބެހޭގޮތުން މަޝްވަރާކޮށްފި
10 Sep 2026 ހަބަރު

ހައްޖު ކޯޕަރޭޝަނާއި ސައުދީގެ އަލްރާޖިހީ ކުންފުނި ގުޅިގެން މަސައްކަތް ކުރުމާއި ބެހޭގޮތުން މަޝްވަރާކޮށްފި

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާއި ސަޢުދި ޢަރަބިއްޔާގެ އަލްރާޖިހީ ކުންފުނި ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ. މި މަޝްވަރާތައް އޮތީ ހައްޖު ކޯޕަރޭޝަންގެ މެނޭޖިން...

އުމްރާއަށް ދިޔަ ދިވެހިންގެ އަދަދު 4،000 ވުރެ ގިނަ: މިނިސްޓަރު
19 Jul 2026 ދީން

އުމްރާއަށް ދިޔަ ދިވެހިންގެ އަދަދު 4،000 ވުރެ ގިނަ: މިނިސްޓަރު

މިދުވަސްކޮޅު އުމްރާގެ އަޅުކަން އަދާކުރުމަށް ހަތަރު ހާހަށްވުރެ ގިނަ ދިވެހިން ގޮސް އެބަތިބިކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު ޝަހީމް ވިދާޅުވީ، އުމ...