އެމްޑީޕީ ކޮންގްރެސް ފެށުމުގެ ޖަލްސާގައި ރައީސް ނަޝީދު ވާހަކަދައްކަވަނީ: ފޮޓޯ/ ވޮއިސް
އެމްޑީޕީ ކޮންގްރެސް ފެށުމުގެ ޖަލްސާގައި ރައީސް ނަޝީދު ވާހަކަދައްކަވަނީ: ފޮޓޯ/ ވޮއިސް
ހަބަރު 02 Oct 2026 | 04:56

ޚާރިޖީ ސިޔާސަތުގައި އިންޑިޔާ އެންމެ އިސްކުރަންޖެހޭ؛ އެއީ ދިވެހިންނަށް ދެވޭ ނިކަމެތި ކަމެއްނޫން: ރައީސް ނަޝީދު

ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންކުރުމުގައި އަވަށްޓެރި އިންޑިއާއަށް އެންމެ އިސްކަންދޭން ޖެހޭ ކަމަށާއި، އެއީ ދިވެހިންނަށް ދެވޭ އެއްވެސް ނިކަމެތިކަމެއް ނޫން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކޮންގްރެސް ފެށުމުގެ ގޮތުން ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީއަކީ ދުނިޔޭގެ ވައްޓަފާޅި ވަރަށް ރަނގަޅަށް ދަންނަ ޕާޓީއެއް ކަމަށެވެ. އަދި ރާއްޖެ ގުދުރަތީ ގޮތުން އޮތް ސަރަހައްދުގެ ސަބަބުން އަވަށްޓެރިންނާއެކު އޮންނަ ގުޅުން ވަރަށް މުހިންމު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންނަށް ޒަމާނުއްސުރެ ފެށިގެން އިނގޭ އަޅުގަނޑުމެންގެ އަވަށްޓެރިންނާ އެކުގައި އުޅުނީމާކަން، އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުންނަށް ސަލާމަތާ ރައްކާތެރިކަން ލިބިގެންދާނީ،" ނަޝީދު ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ޚާރިޖީ ގުޅުންތަކުގެ ތަރުތީބުގައި އިންޑިއާ އިސްކުރުމަކީ އެހެން އެއްވެސް ގައުމަކާ ދެކޮޅުވުން ނޫން ކަމަށެވެ.

"އަޅުގަނޑުމެންނަށް އަބަދުވެސް އިނގޭ އަޅުގަނޑުމެންގެ އަވަށްޓެރިން އެއީ ފުރަތަމައަށް އަޅުގަނޑުމެންގެ ގުޅުން ބާއްވަންވީ މީހުންކަން. އަދި އެ ގުޅުމުގެ ތަރުތީބުގަ، އިންޑިއާ އިސްކުރުމަކީ އެއްވެސް ހާލެއްގައި ދިވެހީންނާ ދޭތެރޭގައި ނިކަމެތި ވާހަކައެއް ދައްކަނީކީއެއް ނޫން. އަދި ހަމަ އެއްވެސް ހާލެއްގައި އެއީ އަޅުގަނޑުމެންގެ އެހެން އެކުވެރި ދައުލަތްތަކާ ގުޅޭގޮތުން ބަދުބަހެއް ބުނަނީކީއެއްވެސް ނޫން. މީ ވާހަކައަކީ، މީ ދިވެހިރާއްޖެ، މީ އިންޑިއާ ކަނޑުގެ އެތެރެވަރީގައި އުފެދިފައި އޮތް ގޮތް، އަޅުގަނޑުމެންގެ ޖިއޮގްރަފީ. އެއީ އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތެއް،"

މި ޖަލްސާގައި ރައީސް ނަޝީދު ވަނީ މިހާރުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ސަރުކާރަށް ބައިނަލްއަގުވާމީ ގުޅުންތައް ބާއްވަންވީ ގޮތް ސާފުނުވާ ކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ.

"މި ސަރުކާރަށް ބައިނަލްއަޤްވާމީ ގުޅުންތައް ބާއްވަންވީ ގޮތެއް ސާފެއް ނުވޭ. އީރާނު ކައިރީގައި ރަނގަޅަށް ޔޫއޭއީ ބޮން އަޅަން އިލްތިމާސް ކުރާނެ. އަނެއް ދުވަހު އަނެއްކާ ޔޫއޭއީ ވަޑައިގެން ހުންނަވާ ފައިސާގެ ވާހަކަ ދައްކަވާނެ. ތުރުކީވިލާތަށް ގޮސް ޑްރޯން ގަންނާނެ. ހަމަ އެ ދަތުރުގައި ސައުދީ އަރަބިއްޔާ އަށް ވަޑައިގަންނަވާނެ. ޗައިނާއަށް ދާނެ، ހަމަ އެ ދަތުރުގައި އިންޑިއާ އަށް ދާނެ. އެއްގޮތަކަށް ވެސް މި ދުނިޔެ ހިނގާ މަގު ހިނގާ ގޮތް މި ބޭފުޅުންނަކަށް އޮޅުމެއް ނުފިލާ،" ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލިގެންދާނީ ވެރިންނަށް ކަންކަން ނޭނގުމުގެ ސަބަބުން ކަމަށެވެ. އަދި ގައުމުގެ އިސްތިގުލާލާ، މިނިވަންކަމަށް ބުރޫއަރާ ދާނީ ވެރިންނަށް ”ތަނެއް ދޮރެއް ނޭގުނީމާ“ ކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ ސަރުކާރުގެ ވެރިންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި
02 Nov 2026 ހަބަރު

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި

މަޝްރޫއުގެ ޖުމްލަ އަގަކީ 3،822،120.00 (ތިން މިލިއަން އަށް ލައްކަ ބާވީސް ހާސް އެއްސަތޭކަ ވިހި ރުފިޔާ) ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 60 ދުވަސް ތެރޭގައެވެ.

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި
02 Nov 2026 ހަބަރު

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް މާލޭގައި ރަސްމީކޮށް ފަށައިފިއެވެ.

ކުދި ވިޔަފާރިތަކަށް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ހަމަޖައްސައި، އެ ފުރުސަތު ހުޅުވާލައިފި
02 Nov 2026 ހަބަރު

ކުދި ވިޔަފާރިތަކަށް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ހަމަޖައްސައި، އެ ފުރުސަތު ހުޅުވާލައިފި

ދިވެހިރާއްޖޭގެ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭރު ޤައުމުތަކުގެ ކަސްޓަމަރުންގެ އަތުން އެމެރިކާ ޑޮލަރުން ފައިސާ ބަލައިގަނެވޭނެ މަގު ފަހިކޮށްދީ، އެ ޚިދުމަތަށް އެދުމުގެ ފުރުސަތު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން އިއްޔެ ހުޅުވާލައިފިއެވެ.