ބޮލުގައި ރިއްސާފައި އިން މީހެއް
ބޮލުގައި ރިއްސާފައި އިން މީހެއް
ލައިފްސްޓައިލް 19 Aug 2024 | 03:07

ވަރަށް ގިނައިން ބޮލުގައި ރިއްސާތަ؟ މިކަންކަން ކޮށްލުން ލުއިލިބޭނެ!

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ބޮލުގައި ރިއްސުމަކީ ސްޓްރެސް، ޑީހައިޑްރޭޝަންގެ ނުވަތަ އެހެންވެސް އެކި ކަންތައްތަކުގެ ސަބަބުން ދިމާވާ އާންމު ބައްޔެކެވެ. އެކަމަށް ކައުންޓަރުން ގަންނަން ލިބޭ ބޭސްތައް ލިބޭއިރު، އެކަމަށް ގޭގައި ދެވޭނެ އިތުރު ފަރުވާވެސް އެބަހުއްޓެވެ. މިއީ ބޮލުގައި ރިއްސުމަށް ގޭގައި ކުރެވިދާނެ ފައިދާހުރި ބައެއް ފަރުވާތަކެވެ.

1. ހައިޑްރޭޝަން

ޑީހައިޑްރޭޝަން އަކީ ބޮލުގައި ރިއްސުމަށް އާންމުކޮށް މެދުވެރިވާ ސަބަބެކެވެ. މުޅި ދުވަހު ގިނައިން ފެން ބުއިމަކީ ބޮލުގައި ރިއްސުން ހުއްޓުވުމަށާއި ލުއިކޮށްދިނުމަށް އެހީތެރިވެދޭ ކަމެކެވެ. ކާށި ފެނަކީ ވެސް މިކަމަށް ވަރަށް ރަނގަޅު އެއް.

2. އަރާމުކޮށް ނިދުން

އެކަށީގެންވާ ވަރަށް އަރާމުކުރުމާއި ނިދުމަކީ ދުޅަހެޔޮ ސިއްހަތަކަށް ވަރަށް މުހިންމު ކަމެކެވެ. ކޮންމެ ރެއަކު 7-8 ގަޑިއިރު ނިދާކަން ޔަގީން ކުރަންވާނެއެވެ. ދުވާލު ވަގުތު ކުރު ނިދި ނެގުމަކީ ވެސް ބޮލުގައި ރިއްސުމުގެ އަލާމާތްތައް ފިލުވައިދިނުމަށް އެހީތެރިވެދޭނެ ކަމެކެވެ.

3. ސައިތައް

އިނގުރު ސައި، ޕެޕަރމިންޓް ޓީ، އަދި ކެމޮމައިލް ސައި ފަދަ ސައި ބޭނުންކުރުމަކީ ބޮލުގައި ރިއްސުން ފިލުވައިދޭ އެއްޗެކެވެ. ޚާއްސަކޮށް އިނގުރު ސައިގައި ބޮލުގައި ރިއްސުން ކުޑަކޮށްދޭ އެންޓި އިންފްލެމެޓަރީ ޕްރޮޕަޓީތަކެއް އެކުލެވިގެންވެއެވެ.

4. ތެޔޮ

ޕެޕަރމިންޓް އޮއިލް އަދި ލެވަންޑަރ އޮއިލް ފަދަ ތެލަކީ ބޮލުގައި ރިއްސުމަށް ފަރުވާ ދިނުމުގައި ފައިދާހުރި އެއްޗެކެވެ. ބޮލުގައި ތެޔޮ ފޮދެއް އުނގުޅާލުމަށްފަހު ނިތް ކުރިއާއި ބޯ މަޑުމަޑުން މަސާޖު ކުރާށެވެ.

5. ފިނި ނުވަތަ ހޫނު ކޮމްޕްރެސް

ނިތްކުރިމަތީގައި ނުވަތަ ކަރުގެ ފަހަތުގައި ފިނި ނުވަތަ ހޫނު ކޮމްޕްރެސް ކުރުމަކީ ބޮލުގައި ރިއްސުން ކުޑަކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. އެގޮތުން ކުޑަ ތުވާއްޔެއް ނުވަތަ ރުމާލެއް ހޫނު ނުވަތަ ފިނި ފެނުގެ ތެރެއަށް ލުމަށްފަހު ފެން ފެލާލައި ނިތްކުރިއާއި ބޮލުގެ ފުށްކިބާގައި ޕެޓް ކުރާށެވެ. ހޫނު ކޮމްޕްރެސްއަކުން ޓެންޝަން ވެފައިވާ މަސްތައް ރިލެކްސް ކޮށްދެ އެވެ.

6. ރަނގަޅު ނިއުޓްރިޝަން

މޭވާ، ތަރުކާރީ، އަދި ހޯލް ގްރޭންސް އިން މުއްސަނދި ބެލެންސްޑް ޑައިޓެއް ކެއުމަކީ ބޮލުގައި ރިއްސުން ހުއްޓުވޭނެ ކަމެކެވެ. ކެފެއިން، ޗޮކްލެޓް، އަދި ޕްރޮސެސްޑް ކާނާ ފަދަ ޓްރިގަރ ކާނާ ކެއުމުން ދުރުހެލިވުމަކީ ވެސް އެހީތެރިވެދޭނެ ކަމެކެވެ.

7. ޖިސްމާނީ ހަރަކާތްތެރިކަން

ހިނގާބިނގާވެ އުޅުމާއި، ފަތާއި އުޅުން ފަދަ ކަންކަން ގަވާއިދުން ކުރުމަކީ ބޮލުގައި ރިއްސުމުގެ ގިނަކަމާއި އޭގެ އެކަން ކުޑަކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. ކަސްރަތު ކުރުމަކީ ލޭދައުރުވުން ރަނގަޅުކޮށްދީ ސްޓްރެސް ކުޑަކޮށްދޭ ކަމެކެވެ.

8. ސްޓްރެސް މެނޭޖްކުރުން

ސްޓްރެސް އަކީ ބޮލުގައި ރިއްސުމަށް މުހިންމު ޓްރިގަރެކެވެ. ފުންކޮށް ނޭވާލުމާއި އަދި الله ގެ ހަނދުމަކޮށް ޛިކުރު ކުރުމާއި ނަމާދު ކޮށް ޤުރުޢާން ކިޔެވުމަކީ ސްޓްރެސްގެ މިންވަރު މެނޭޖް ކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

9. ގަދަ އަލިތަކާއި ބާރު އަޑުތަކުން ދުރުހެލިވުން

ގަދަ އަލިތަކާއި ބާރު އަޑުތަކުގެ ސަބަބުން ބޮލުގައި ރިއްސުން އިތުރަށް ބޮޑުވެދާނެ އެވެ. އަނދިރި، ހަމަހިމޭން ކޮޓަރިއެއްގައި އަރާމުކުރުމަކީ އަލާމާތްތައް ކުޑަކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

10. ކަޅު އޮށް (ނައިޖެލާ ސެޓިވާ)

އިސްލާމީ ސަގާފަތުގައި ބޭސްވެރިކަމަށް މަޝްހޫރު ކަޅު އޮށަކީ އޭގެ ބޭސްވެރިކަމުގެ ސަބަބުން މުސްލިމުން ވަރަށް ގިނައިން ބޭނުންކުރާ އެއްޗެކެވެ. ކަޅު އޮށުގެ ތެޔޮ ބޭނުންކުރުމަކީ ނުވަތަ ކާނާއަށް އެ ތެޔޮ އިތުރުކުރުމަކީ ބޮލުގައި ރިއްސުން ކުޑަކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

11. ކަޕިންގ ތެރަޕީ (ހިޖާމާ)

ކަޕިން ތެރަޕީ ނުވަތަ ހިޖާމާ އަކީ ސުންނަތުން ސާބިތުވާ ފަރުވާ އެކެވެ. މިއީ ލޭ ދައުރުވުން ރަނގަޅުކޮށް ތަދު ފިލުވައިދޭ ކަމެކެވެ. އަދި ބޮލުގައި ރިއްސުމާއި މައިގްރެއިން އަށް ފަރުވާ ދިނުމަށް ގިނަ ފަހަރަށް ބޭނުން ކުރެވޭ ފަރުވާއެއްވެސް މެއެވެ.

މި ގޭގައި ބޭނުންކުރާ ފަރުވާތަކަކީ ބޮލުގައި ރިއްސުން މެނޭޖްކުރުމުގައި ފައިދާހުރި ފަރުވާތަކަކަށް ވިޔަސް، ގިނައިން ނުވަތަ ބޮޑަށް ބޮލުގައި ރިއްސާނަމަ ސިއްހީ ދާއިރާގެ ޕްރޮފެޝަނަލެއްގެ ލަފާ ހޯދުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. އަބަދުވެސް ތިމާ ކުރާ ކޮންމެ ފަރުވާއަކީ ރައްކާތެރި އަދި ތިމާގެ ވަކި ސިއްހީ ބޭނުންތަކަށް އެކަށީގެންވާ ފަރުވާއެއްކަން ޔަގީން ކުރަންވާނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޤާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ފަށައިފިން: ރައީސް ޑރ. މުއިއްޒު
10 Oct 2026 ހަބަރު

ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޤާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ފަށައިފިން: ރައީސް ޑރ. މުއިއްޒު

ރާއްޖޭގައި ނަފްސާނީ ބަލީގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޚާއްޞަ ޤާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވި...

އުރަމަތީގެ ކެންސަރު ދެނެގަނުމުގެ ގާބިލުކަން އިތުރަށް ވަރުގަދަ ކުރަންޖެހޭ: މެޑަމް ސާޖިދާ
08 Oct 2026 ހަބަރު

އުރަމަތީގެ ކެންސަރު ދެނެގަނުމުގެ ގާބިލުކަން އިތުރަށް ވަރުގަދަ ކުރަންޖެހޭ: މެޑަމް ސާޖިދާ

އުރަމަތީގެ ކެންސަރު ދެނެގަނުމުގެ ގާބިލުކަން އިތުރަށް ވަރުގަދަ ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. އުރަމަތީގެ ކެންސަރާ ބެހޭ ހަތް ވަނަ ސިމްޕޯޒިއަމ...

ޒަމާނީ ދިރިއުޅުމުގައި ކަރަށް ލިބޭ ގެއްލުންތަކުން ރައްކާތެރިވާނީ ކިހިނެއް؟
08 Oct 2026 ލައިފްސްޓައިލް

ޒަމާނީ ދިރިއުޅުމުގައި ކަރަށް ލިބޭ ގެއްލުންތަކުން ރައްކާތެރިވާނީ ކިހިނެއް؟

އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ތަކުލީފެއް އުފުލަންޖެހިފައިވާ އެއް ގުނަވަނަކީ އަޅުގަނޑުމެންގެ ކަރެވެ. ސްމާޓްފޯނުތަކާއި ކޮމްޕިއުޓަރުތަކުގެ އިސ...

އަރިދަފުސް ރޯގާ ޖެހިފައި ހުންނައިރު އައިސްކްރީމް ކެވިދާނެތަ؟
07 Oct 2026 ލައިފްސްޓައިލް

އަރިދަފުސް ރޯގާ ޖެހިފައި ހުންނައިރު އައިސްކްރީމް ކެވިދާނެތަ؟

އަރިދަފުސް ރޯގާ ޖެހުމުން އެންމެ އާންމުކޮށް އިވޭ އެއް ނަސޭހަތަކީ ފިނި އެއްޗެހި ނުބުއިމަށާއި، ހާއްސަކޮށް އައިސްކްރީމް ފަދަ ތަކެތި ނުކެއުމަށެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ފިނި އެއްޗެހި ކެއުމަކީ ރޯގ...

ހަށިގަނޑުގައި ސަރުބީ ހުރުން ކޮންމެހެން މުހިންމުވަނީ ކީއްވެ؟
04 Oct 2026 ލައިފްސްޓައިލް

ހަށިގަނޑުގައި ސަރުބީ ހުރުން ކޮންމެހެން މުހިންމުވަނީ ކީއްވެ؟

މިއަދުގެ މުޖުތަމަޢުގައި ސޯޝަލް މީޑިއާ ހުޅުވާލުމާއެކު ފެންނަނީ ހަށިގަނޑުން ސަރުބީ ނައްތާލައި، މަސްތައް ރީތިކޮށް އެނގޭނޭހެން "ޝްރެޑް" ވެފައިވާ ހަށިގަނޑެއް ހޯދުމަށް މަސައްކަތްކުރާ މަންޒަރެވެ. ޑައިޓް ކަލް...

ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ގޮތުން އަމްފާއިން ކުރިއަށްގެންދިޔަ ވެބިނާ ކާމިޔާބުކަމާ އެކު ނިންމާލައިފި
02 Oct 2026 ހަބަރު

ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ގޮތުން އަމްފާއިން ކުރިއަށްގެންދިޔަ ވެބިނާ ކާމިޔާބުކަމާ އެކު ނިންމާލައިފި

ދުނިޔޭގެ ނަފްސާނީ ޞިއްޙަތުގެ ދުވަހާ ގުޅުވައިގެން އޮސްޓްރޭލީއާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަން (އަމްފާ) އިން ކުރިއަށްގެންދިޔަ ޚާއްޞަ ވެބިނާ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. "މައިންޑް މެޓާސް: ވާރ...