ރައީސް ފުޓްބޯޅަ ކުޅުއްވަނީ
ރައީސް ފުޓްބޯޅަ ކުޅުއްވަނީ
ކުޅިވަރު 10 Jun 2026 | 18:23

ރައީސްގެ ޓީމަކީ އާޖެންޓީނާ، ދެވަނަ ޓީމަކީ އިނގިރޭސިވިލާތް

ލިޔުންތެރިޔާ

އަހުމަދު ހަމީދު އާދަމް

ފީފާ ވޯލްޑްކަޕްގައި ތާއީދު ކުރައްވަނީ އާޖެންޓީއަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ކުރިއަށްއޮތް ވަރލްޑްކަޕާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސޮއި ހިމެނޭ ހާއްސަ ފުޓްބޯޅަތަކެއް ދިވެހި ކުޅިވަރު ލެޖެންޑުންނަށް ހަދިޔާއެއްގެ ގޮތުގައި ދިނުމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ނިންމުމުން އެ ބޯޅަތަކުގައި ސޮއިކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ސަޕޯޓްކުރައްވާ ޓީމަކީ އާޖެންޓީނާ ކަމަށެވެ. އެ ގައުމަށް ތާއީދުކުރައްވަން ފެއްޓެވީ މެރެޑޯނާގެ ކުޅުން ފެނި ކަމުގޮސްގެން ކަމުގައި ވިދާޅުވި އެވެ.

"އަޅުގަނޑު މިއީ ވަރަށް ކުޑައިރުއްސުރެ އާޖެންޓީނާގެ ސަޕޯޓަރެއް،" ރައީސް ވިދާޅުވި އެވެ.

އަދި ވިދާޅުވީ ދެވަނަ ޓީމަކަށް ސަޕޯޓްކުރައްވަނީ އިނގިރޭސިވިލާތަށް ކަމަށެވެ. އެ ގައުމުގައި ގިނަ ދުވަސްތަކަކު އުޅުއްވާފައިވާތީ މެންޗެންސްޓާ ޔުނައިޑެޓަށް ބޮޑު ތާއީދެއް ކުރެވޭ ކަމުގައި ވިދާޅުވި އެވެ. އިނގިރޭސިންނަށް ސަޕޯޓް ކުރައްވަން ފެއްޓެވުނީ އެހެން ވެގެން ކަމުގައި ވިދާޅުވި އެވެ.

މެޗްތައް އޮންނަ ވަގުތުގެ ގޮތުން މެޗްތައް ބެއްލެވުމުގެ ކަންކަން އޮތީ ކިހިނެތްތޯ ސުވާލުކުރެއްވުމުން ރައީސް ވިދާޅުވީ، މިފަހަރު މެޗްތައް ބެލުމުގެ ކަންކަން އޮތީ ވަރަށް އުނދަގޫކޮށް ކަމަށާއި، ހުރިހާ މެޗްތަކެއް ނުބެލުނު ނަމަވެސް ވީވަރަކުން މެޗްތައް ބައްލަވާނޭކަމަށެވެ.

ރައީސް ވިދާޅުވީ މިފަހަރު ފްރާންސްވެސް ވަރަށް ވަރުގަދަ ވާނެކަމަށާއި، އަދި ހޮލެންޑްވެސް ފަހަރެއްގައި ތަށި ނަގާފާނޭކަމަށެވެ. ވަޒީރު ރާފިއުއާއެކު ދައްކަވަމުން ގެންދިޔަ އެންމެ ފަހު ވާހަކަފުޅަކަށް ރައީސް ވިދާޅުވީ، އުއްމީދުކުރަނީ ހުރިހާ ފަރާތްތަކަށްވެސް ވަރލްޑްކަޕް ބެލޭނޭ އިންތިޒާމުތައް ހަމަޖެހިފައި ހުންނާނޭކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި
12 Oct 2026 ކުޅިވަރު

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި

މިހާރު ކުރިއަށްދާ ދިރާގް ދިވެހި ޕްރިމިއާލީގްގައި ރޭ ޓީސީ ސްޕޯޓްސް އާއި އީގަލްސް ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް އީގަލްސް ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގެ އެންމެ ކުރީގައި ހަމަޖެހިލައިފިއެވެ. ގަލޮޅު ދަނޑ...

އަންހެން ދަރިންނަށް ކުރާ އިންވެސްޓްމަންޓް ވެގެންދާނީ، ފާގަތި މުސްތަގްބަލަކަށް ކުރެވޭ އިންވެސްޓްމަންޓަކަށް: ރައީސް ޑރ.މުއިއްޒު
11 Oct 2026 ހަބަރު

އަންހެން ދަރިންނަށް ކުރާ އިންވެސްޓްމަންޓް ވެގެންދާނީ، ފާގަތި މުސްތަގްބަލަކަށް ކުރެވޭ އިންވެސްޓްމަންޓަކަށް: ރައީސް ޑރ.މުއިއްޒު

އަންހެން ދަރިންނަށްޓަކައި މިއަދު ކުރާ އިންވެސްޓްމަންޓަކީ މުޅި މުޖުތަމައުގެ ފާގަތި މުސްތަގުބަލަކަށްޓަކައި ކުރެވޭ ވަރަށް މުހިންމު މަސައްކަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވ...

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
08 Oct 2026 ކުޅިވަރު

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ

އެފްއޭއެމް އެވޯޑްސްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް  މާޒިޔާއަށް ކުޅެމުން އަންނަ އަހްމަދު އައިހަމް (ފަތޯ) އާއި އޮޑި ސްޕޯޓްސް ކްލަބްގެ ފާތިމަތު ސާލިޔާ ހޯދައިފިއެވެ. އެންމެ މޮޅު ފިރިހެން ފުޓ...

ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
08 Oct 2026 ހަބަރު

ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް

އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވާ އެކަމުގައި ރެއާއި ދުވާލު މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ ...

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
08 Oct 2026 ކުޅިވަރު

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް

މިރޭ ބޭއްވި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ފުޓްބޯޅައަށް ހިދުމަތްކޮށްދެއްވި ތިން ޝަހުއްސިއްޔަތުން ކަމަށްވާ ކޯޗު މަރްހޫމް އިހްސާން އަބްދުލް ޣަނީ (ސާންތީ)، މަރްހ...

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
08 Oct 2026 ކުޅިވަރު

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް

މިހާރު ކުރިއަށްދާ އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕް 2028 ގެ ސަބް ރީޖަނަލް ކޮލިފައިންގައި މިއަދު ޗައިނާ އާއި ދިވެހިރާއްޖޭގެ ކްރިކެޓް ޓީމް ބައްދަލުކުރި މެޗް ރާއްޖެ ކާމިޔާބު ކޮށްފިއެވެ. މެލޭޝިއާގައި ކުރ...