މުޅި ގަމުން ކަރަންޓް ކެނޑިއްޖެ. ކަރަންޓް ލިބޭނެ އިރެއް ނޭނގޭ
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ލ.ގަމު ފެނަކަ އިންޖީނުގޭގައި މިއަދު މެންދުރުފަހު ހިނގި އަލިފާނުގެ ހާދިސާގައި މުޅި ރަށުން ކަރަންޓް ކެނޑިއްޖެއެވެ.
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ގަމު ކައުންސިލް އޮފިޝަލަކު ވިދާޅުވީ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މުޅިރަށުން ކަރަންޓް ކެނޑިފައިވާކަމަށެވެ. އަލިފާނުގެ ހާދިސާގައި ގަމަށް ކަރަންޓް ދިނުމަށް ބޭނުންކުރާ ދެ އިންޖީނުގެ ތެރެއިން އެއް އިންޖީނު ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައިވާއިރު، އަނެއް އިންޖީނަށް ވަނީ ގެއްލުންތަކެއް ލިބިފައެވެ.
އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އަލިފާނުގެ މި ހާދިސާއާ ގުޅިގެން ރަށަށް އަލުން ކަރަންޓް ދެވޭނެ އިރެއް ނޭނގެއެވެ.

ގަމު ފެނަކަ އިންޖީނުގޭގައި ރޯވެފައިވަނީ 14:45 ހާއިރުކަމަށް ކައުންސިލުން ބުނެފއިވާއިރު، ރޯވި އަލިފާންގަނޑު ނިއްވާލުމަށް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން ވަނީ ހަރަކާތްތެރިވެފައެވެ.

އަލިފާންގަނޑު ނިއްވާލެވުނުއިރު، އިންޖީނުގެއަށް ވަނީ ވަރަށްބޮޑެތި ގެއްލުންތައް ލިބިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް