މަޖިލީހުގެ ތިންވަނަ ދައުރު އިތުރުކޮށްފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރު އަނެއްކާވެސް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ، މިމަހުގެ 15 ވަނަ ދުވަހާއި ހަމައަށް މަޖިލީހުގެ ޖަލްސާތައް ބާއްވާށެވެ. މިގޮތަށް ފާސްކޮށްފައިވަނީ 26 މެންބަރުންގެ ވޯޓުންނެވެ.
މަޖިލިހުގެ މިއަދުގެ ޖަލްސާގައި ރައީސް ގާސިމް އިބްރާހިމް ވިދާޅުވީ، ދައުރުގެ މުއްދަތު އިތުރުކޮށްފައިވަނީ މަޖިލީހުގައި ހުރި މަސައްކަތްތައް ގިނަ ކަމުން މާދަމާގެ ނިޔަލަށް އެ ކަންކަން ނިމިދާނެ ކަމަށް ނުބެލެވޭތީކަމަށެވެ. އަދި މިކަންކޮށްފައިވަނީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާގެ މަތިންކަމަށްވެސް ގާސިމް ވަނީ ވިދާޅުވެފައެވެ.
ގިނަ ދުވަސްތަކަކަށް މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައި އޮތުމަށްފަހު، މަޖިލީހުގެ މަސައްކަތްތައް ފެށިފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް