އެސްއޭއޭގެ ޑިރެކްޓް ފްލައިޓެއް ގަމަށް ޖައްސައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ސައުތު އެފްރިކަން އެއަރލައިންސްގެ ސީދާ ފްލައިޓެއް، މިއަދު ޖޮހަނެސްބާރގްއިން އައްޑޫ އަތޮޅު ގަމަށް ޖައްސައިފިއެވެ.
ހަތްވަރަކަށް ގަޑިއިރުގެ ދަތުރަކަށްފަހު، މި ފްލައިޓުން ދަތުރުކުރި 300 ފަސިންޖަރުން މިއަދު ހެނދުނު ވަނީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާފައެވެ.
މި ފްލައިޓުން އައި ފަސިންޖަރުންނަށް އެއަރޕޯޓުން މަރުހަބާ ކިޔާފައިވަނީ އައްޑޫ ސިޓީގެ މޭޔަރ އަހުމަދު ސޯދިގު، ޓްރާންސްޕޯޓް މިނިސްޓަރު އާމިނަތު ނަހުލާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމް އަދި ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ ހިއްސާ އޮންނަ ކާސާ ހޯލްޑިން ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ ޗަމްޕާ ޙުސައިން އަފީފްއެވެ.
މިއަދު ޖެއްސި ފްލައިޓަކީ ޚާއްސަ ޗާރޓާޑް ފްލައިޓެއްކަން ފާހަގަކޮށްލެވެއެވެ.
ފަތުރުވެރިކަމުގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު ފާއިތުވި އަހަރު ސައުތު އެފްރިކާއިން 9000 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް