ހުރިހާ ވަޒީރުންނަށް ރުހުން ދިނުމަށް ފާސްކޮށްފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ، 19 މިނިސްޓަރުންނާއި ބަންޑާރަ ނައިބަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން އޮތްކަމަށް ފާސްކޮށްފިއެވެ.
ވަޒީރުންނަށް މަޖިލީހުގެ ރުހުން ދިނުމަށް ވޯޓަށް އަހާފައިވަނީ ވަކިވަކީންނެވެ. މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެފައިވަނީ 73 މެންބަރުންނެވެ.
ވަޒީރުންގެ މަޖިލީހަށް ރުހުން އޮތްކަމަށް ވެރިކަންކުރާ ކޯލިޝަނާއި، އިދިކޮޅު ޕީޕީއެމްއިންވެސް ވަނީ ރުހުންދީފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މަޖިލީހުގައި އެންމެ މަދު ވޯޓެއް ލިބިވަޑައިގެންފައިވަނީ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފަށެވެ. ޝިދާތާއަށް ރުހުން ދޭން ފެންނަ ކަމަށް 67 މެމްބަރުން ވޯޓު ދެއްވިއިރު، އޭނާ އަށް ރުހުން ދޭން ނުފެންނަ ކަމަށް ދެ މެމްބަރަކު ވޯޓު ދެއްވިއެވެ.
ވަޒީރުންނަށް ރުހުން ދިން އިރު ކޮމިޓީން ވަނީ އެ ވަޒީރުންގެ ކޮރަޕްޝަނުގެ މައްސަލައެއް ހިނގާފައި ވޭތޯ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށައަޅައިގެން ވަނީ ބަލާފައެވެ.
މިގޮތުން ދެ ވަޒީރެއްގެ ކޮރަޕްޝަން މައްސަލަތަކެއް އޭސީސީން ބަލަމުންދާކަން، ވޮއިސްއަށް ވަނީ އެނގިފައެ
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް