ޑީޖޭއޭގެ އިސް ދެމުވައްޒަފަކު ސަސްޕެންޑް ކޮށްފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ބަލަމުންދާ މައްސަލައަކާ ގުޅިގެން އެ އިދާރާގެ އިސް ދެ ވެރިއަކު ސަސްޕެންޑްކޮށްފިއެވެ.
ސަސްޕެންޑްކޮށްފައިވަނީ އެ އިދާރާގެ ދެ ޑިރެކްޓާ ޖެނެރަލުން ކަމަށްވާ ޒަކަރިއްޔާ ހުސެއިން އާއި އަހުމަދު އަލީ އެވެ. ދެ މީހުންވެސް ސަސްޕެންޑްކޮށްފައި ވަނީ މުއްދަތެއް ނެތް ގޮތަށެވެ.
ޒަކަރިއްޔާ ހުސެއިން އަކީ ޑީޖޭއޭގެ ޖެނެރަލް އެޑްމިނިސްޓްރޭޝަން އެންޑް ފްރަންޓް އޮފީހުގެ އިސްވެރިޔާއެވެ. އޭނާ ވަނީ ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުކަން ވެސް ކުރައްވާފައެވެ.
އަހުމަދު އަލީ އަކީ ޖުޑިޝަލް އެކަޑަމީގެ ޑިރެކްޓާ ޖެނެރަލެވެ. އޭނާ ވަނީ މީގެކުރިން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނެންޓް ސެކެޓްރީގެ މަގާމު ވެސް ފުރުއްވާފައެވެ.
އެ ދެމީހުން ސަސްޕެންޑްކުރި ސަބަބު ސާފު ނުވި ނަމަވެސް، އެ ދެމީހުންނަކީވެސް ދާދި ފަހުން ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ކަމުން އިސްތިއުފާ ދެއްވި އަމްޖަދު މުސްތަފާގެ އަރިސް ދެ މީހުންކަން ފާހަގަކޮށްލަންޖެހެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް