ޕީސީބީގެ ރައީސް ނިޒާރަށް ރުހުން ހޯދުމަށް މަޖިލީހަށް
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސަކަށް އައްޔަން ކުރައްވާފައިވާ މުހައްމަދު ނިޒާރަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނިޒާރަށް ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީ ވަނީ އިއްވާފައެވެ.
އަދި އެމައްސަލަ ދިރާސާ ކުރުމަށް ވަނީ އެސްއޯއީތަކާ ބެހޭ ކޮމިޓީއަށް ފޮނުވާފައެވެ.
ޕީސީބީގެ ރައީސަކަށް މުހައްމަދު ނިޒާރު އައްޔަންކުރީ އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު އަނަސް އިސްތިއުފާ ދެއްވުމުންނެވެ.
ނިޒާރު ވަނީ 2014 އިން 2019 އަށްވެސް ޕީސީބީ ގެ ރައީސްކަމުގެ މަގާމު ފުރުއްވާފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް