ހދ. އަތޮޅަށް ލޮޅުމެއްގެ އަސަރުކޮށްފި
ހދ. އަތޮޅަށް ލޮޅުމެއްގެ އަސަރުކޮށްފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން މިރޭ ހާމަ ކުރެއްވި ގޮތުގައި، ހދ. އަތޮޅުގެ ބައެއް ރަށްތަކުގެ ބިންގަނޑަށް ލޮޅުމެއް އައި ކަމުގެ ރިޕޯޓުތަކާ ގުޅިގެން މިހާތަނަށް ބެލިބެލުމުން ހދ. ހަނިމާދޫގައި ގާއިމުކޮށްފައިވާ ބިންހެލުން ރިކޯޑު ކުރާ މީޓަރަށް މިރޭ ލޮޅުމެއްގެ އަސަރު ކޮށްފައިވާކަން ވަނީ އެނގިފައެވެ.
މި ލޮޅުމުގެ ރެކޯޑު ކުރެވިފައިވަނީ ރާއްޖެ ގަޑިން މިރޭ 8:27 ހާއިރު ކަމަށް މެޓް އޮފީހުން ބުންޏެވެ.
ނަމަވެސް މި ލޮޅުމުގެ ސަބަބުން ރާއްޖެއަށް ނުރައްކަލެއް ކުރިމަތިވާނެ ކަމަށް ލަފައެއް ނުކުރެވޭ ކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.
ހދ. އަތޮޅަށް އެރި މި ލޮޅުމުގައި އެއްވެސް ގެއްލުމެއް ލިބިފައިވާކަމުގެ ރިޕޯޓެއް ކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް