އޮކްސިޖަން ނުލިބިގެން މީހަކު ނިޔާވިކަމަށް ބުނާ މައްސަލަ ތަޙްޤީގުކުރަން ފަށައިފި
އޮކްސިޖަން ނުލިބިގެން ތ.ކިނބިދޫގެ ދުވަސްވީ މީހަކު ނިޔާވި ކަމަށް ބުނާ މައްސަލައެއް ސިއްޙީ ކަންތައްތަކާ ބެހޭ ވުޒާރާއިން ތަޙްޤީގުކުރަން ފަށައިފިއެވެ.
ރޭގެވަގުތެއްގައި ނިޔާވެފައިވަނީ .ކިނބިދޫއަށް ނިސްބަތްވާ ޢުމުރުން 65 އަހަރުންމަތީގެ އަންހެނެކެވެ.
މައުލޫމާތު ލިބޭ ގޮތުގައި ބަލި މީހާ ފުރަތަމަ ގެންދިޔައީ ވޭމަންޑޫ ހޮސްޕިޓަލަށެވެ. އަދި 3 ދުވަހު ވޭމަންޑޫ ހޮސްޕިޓަލުގައި ބޭއްވުމަށްފަހު އިތުރުފަރުވާއަށް މާލެ ގެންދިޔުމަށް ސީއެމްބިއުލަންސްގައި ތިމަރަފުށްޓަށް ގެންދިޔައެވެ.
ބަލި މީހާ ނިޔާވީ ތިމަރަފުށީ ހެލްތު ސެންޓަރުން އެމްބިއުލާންސްގައި އެއަރ ޕޯޓަށްގެންދިޔަ މަގުމަތީގައި ތިމަރަފުށީ ހެލްތްސެންޓަރުން ބޭނުންކުރި އޮކްސިޖަން ފުޅި ހުސްވެގެންނެވެ.
މި މައްސަލަ އިތުރަށް ބެލުމަށް ޓީމެއް މިހާރު ތިމަރަފުށްޓަށް ގޮސްފައިވާކމަށް މައުލޫމާތު ލިބެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް