އަށް ފްލައިޓް ކެންސަލްވެ 1400 މީހުން ނުފުރިފައި، އިންތިޒާމެއް ހަމަޖައްސަނީ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މެދުއިރުމަތީގެ ހާލަތު ގޯސްވެ އަށެއްކަ ފްލައިޓް ކެންސަލްވެ ގިނަ ފަތުރުވެރީންތަކެއް ނުފުރި ވީއައިއޭގައި މިރޭ މަޑުކުރަން ޖެހިއްޖެ އެވެ.
އެމެެރިކާއާ އިޒްރޭލް އިރާނަށް ހަމަލާދީ ހަނގުރާމަ ފެށުމުން މެދުއިރުމަތީގެ ހާލަތު ވަނީ ވަރަށް ގޯސްވެފަ އެވެ. އެކަމުގެ ސަބަބުން ވަރަށް ގިނަ ގައުމުތަކުގެ އެއާޕޯޓްތައް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. އެ ގައުމުތަކަށް ދަތުރުކުރާން ހަމަޖެހިފައިވާ ގިނަ ފްލައިޓްތަކެއް ވަނީ ކެންސަލްކޮށްފަ އެވެ.

އޭގެ ތެރޭގައި ވީއައިއޭއިން ފުރަން ހަމަޖެހިފައި އޮތް އަށް ފްލައިޓެއް ވެސް ހިމެނެ އެވެ. އެގޮތަށް ކަންކަން ދިމާވުމުން ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ތާރިޤް އިބްރާހިމް މިރޭ ވަނީ ވީއައިއޭއަށް ވަޑަައިގެން ހާލަތު ބައްލަވާލައްވާފަ އެވެ.
ވަޒީރު ވިދާޅުވި ގޮތުގައި 1400 އެއްހާ ފަތުރުވެރީންނަށް ފުރޭ ގޮތް ވަނީ ނުވެފަ އެވެ. އަދި ބައެއް ފަތުރުވެރީން އަލުން ރިސޯޓްތަކަށް ވަނީ ގެންގޮސްފަ އެވެ. އެއާޕޯޓްގައި ތިބި ފަތުރުވެރީންނަށް ފުރޭނެ ގޮތްތަކެއް ވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

އަދި ވިދާޅުވީ އެ މީހުންނަށް ފުރެންދެން ކަންކަން އިންތިޒާމު ވެސް ކުރަމުން ގެންދާ ކަމަށެވެ. އެ ގޮތުން ވީއައިއޭގެ ކުރީގެ ޑޮމެސްޓިކް ޓާމިނަލްގައި ތިބެވޭނެ އިންތިޒާމާއި އެ ނޫން ކަންކަން ވެސް ވަނީ ހަމަޖައްސާފަ އެވެ.
އިންތިޒާމުތައް ހަމަޖެއްސުމުގައި އެމްއޭސީއެލްގެ ބޮޑު ދައުރުވެސް ވަޒީރު ފާހަގަ ކުރެއްވި އެވެ.
ފަހުގެ ރިޕޯޓްތައް ބުނާގޮތުން މެދުއިރުމަތީގެ ހާލަތު ދަނީ ވަރަށް ބޮޑަށް ގޯސްވަމުންނެވެ. އީރާންގެ ލީޑަރު ހާމަނާއީ އަވަހާރަ ކޮށްލައިފިނަމަ އިޒްރޭލާއި އެމެރިކާގެ ވެރީން ވަނީ ރަސްމީކޮށް އިއުލާނުކޮށްފަ އެވެ. އެހެން އެކަން ވެއްޖެނަމަ ހަނގުރާމަ އެހެން ހަރުފަތަކަށް ދާނެ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް