ހުޅުމާލޭ ގެސްޓްހައުސްއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ހުޅުމާލެ ފޭސް 1 ގައި ހުންނަ ގެސްޓް ހައުސް އެއްގެ ތެރެއިން މަރުވެފައި އޮތް މީހެއް ފެނިއްޖެއެވެ.
މަރުވެފައި އޮއްވާ ފެނުނީ މާލެ / ސްޓަރ، މުޙައްމަދު ރަޒީން (50އ) އެވެ.
ފުލުހުން ބުނިގޮތުގައި އެ މީހާ ފެނުނީ ގެސްޓް ހައުސްގެ 3 ވަނަ ފަންގިފިލާއިންނެވެ. އެކަމުގެ ރިޕޯޓް ކުރީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.

އަދި އެމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ބުންޏެވެ
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް