އެމްސީ ހަމީދަށް އަލުން ވަޒީފާ ދޭން އަމުރުކޮށްފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
2012ވަނަ އަހަރުގައި ފުލުހުންގެ އިންޓެލިޖެންސްގެ އިސްވެރިޔާގެ މަގާމުން ވަކިކުރި، މުހައްމަދު ހަމީދު (އެމްސީ ހަމީދު) ވަޒީފާއިން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، އެ ފެންވަރުގެ ވަޒީފާއެއް ދިނުމަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.
ހަމީދު އެ މަގާމުން 2012 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ވަކިކުރީ ފުލުހުންގެ އިންޓެލިޖެންސްގެ ސިއްރު މައުލޫމާތުތަކެއް ލީކްކުރި ކަމަށް ބުނެއެވެ. އޭރު އޭނާހުރީ ޗީފް ސުޕްރިޓެންޑެންޓްގެ މަގާމުގައެވެ.
ނަމަވެސް އެ މައްސަލައިގައި ހަމީދުގެ މައްޗަށް އެއްވެސް ދައުވާއެއްކޮށްފައެއް ނުވެއެވެ. އޭނާއަށް އަނބުރާ ވަޒީފާ ދިނުމަށް ސިވިލްކޯޓުން މީގެ ކުރިންކޮށްފައިވާ އަމުރު ހައިކޯޓުން ވަނީ ބާތިލްކޮށްފައެވެ. ހަމީދު ހުށައަޅާފައިވަނީ ހައިކޯޓުގެ ހުކުމް ބާތިލްކުރުމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އެމްސީ ހަމީދަށް ފުލުހުންގެ ކޮމިޝަނަރގެ މަގާމު ދޭނެކަމަށްބުނެ ގިނަބަޔަކު ދަނީ ވާހަކަދައްކަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް