ފިޔޯރީ އަލަ އޮޅު ދަނޑުގައި އަލިފާން ރޯވެއްޖެ
ގދ.ފިޔޯރީގެ އަލަ އޮޅު ދަނޑުގައި އަލިފާން ރޯވެއްޖެއެވެ.
ގދ. ފިޔޯރީ، އަލަ އޮޅު ދަނޑުގައި، އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ މިއަދު އިރުއޮއްސި 6 ޖެހިއިރުއެވެ.
މަންޒަރު ދުށް މީހުން މަޢުލޫމާތު ދޭ ގޮތުގައި، އަލިފާން ރޯވެ، ފެތުރިގެން އައިސްފައިވަނީ އަލަ އޮޅުގެ ހުޅަނގު ފަރާތުން ކަމަށާއި، އަލިފާން ރޯވެފައިވަނީ އެ ސަރަހައްދުގައި ރޯކޮށްފައިވާ އަލިފާންގަނޑަކުންނެވެ.
އަލިފާން ރޯވުމުގެ ސަބަބުން އެންމެ ބޮޑަށް އަނދާފައިވަނީ ޖަންގަލިކޮށް އޮތް ސަރަހައްދުގައި ކަމަށްވެސް މަންޒަރުދުށް ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.
މި ހާދިސާއާ ގުޅިގެން އެއްވެސް ފަރާތަކަށް އަނިޔާއެއް ލިބުނު ކަމެއް އަދި އެނގިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް