މިދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި 1294 ކިލޯގެ ޑްރަގް ވަނީ އަތުލައިގެންފައި: ރައީސް
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މިދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި 1294 ކިލޯގެ ޑްރަގް ވަނީ އަތުލައިގެންފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ރޭ އަލަށް ގެނެސްދޭން ފެށި "ނޭޝަން ޗެޓް" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މަސްތުވާތަކެތީން ގައުމު ސަލާމަތް ކުރުމަކީ އެމަނިކުފާނުގެ ވަރަށް އިސްކަން ދޭ ސިޔާސަތެއް ކަމަށެވެ.
އެގޮތުން ކުރެވުނު މަސައްކަތުން މިދިޔަ ދެ އަހަރާ ބައިގެ ތެރޭގައި 1294 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފައި ކަމުގައި ވިދާޅުވި އެވެ.
ރައީސް ވަނީ އޭގެ ކުރީ ދެ ސަރުކާރުގައި އެ މުއްދަތުގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ އަދަދުތައް ވެސް ހާމަކުރައްވާފަ އެވެ. ރައީސް ވިދާޅުވީ ރައީސް ސޯލިހްގެ ވެރިކަމުގެ ފުރަތަމަ ދެ އަހަރާ ބައިގައި އަތުލައިގަނެވުނީ 1,003 ކިލޯގެ މަސްތުވާތަކެތި ކަމަށެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގެ ފުރަތަމަ ދެ އަހަރާ ބައިގައި އަތުލައިގަނެވުނީ 154 ކިލޯގެ މަސްތުވާތަކެތި ކަމަށް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް