އައިޖީއެމްއެޗުގައި ހުމާއި ރޯގަލަށް ހާއްސަ ފުލޫ ކްލިނިކެއް
ހުމާއި އަރުދަފުސް ރޯގާ ހުންނަ ހުރިހާ ފަރާތްތަކަށް ޚާއްސަކޮށް އައިޖީއެމްއެޗުގައި ފުލޫ ކްލިނިކެއް ޤާއިމުކޮށްފިއެވެ.
މިކަން ހިއްސާކޮށް އައިޖީއެމްއެޗުން ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓުގައި ވަނީ މި ފުލޫ ކްލިނިކް ހުންނަ ތަން ކިޔައިދީފައެވެ.
އެގޮތުން، ފްލޫ ކްލިނިކަށް ވަޑައިގަންނަވާ ހުރިހާ ބޭފުޅުންވެސް ފުރަތަމަ ވަޑައިގަންނަވަން ޖެހޭނީ އީ.އާރް ޓްރައިޖަށެވެ. އެއަށްފަހު ކިއުބީ ޓޯކެން ސިިސްޓަމްއިން ފުލޫ ކުލިނިކުގެ ޓޯކެން ނަމްބަރެއް ނެންގެވުމުން، ފުލޫ ކްލިނިކަށް ނުވަތަ އިމަޖެންސީ ރޫމަށް ވަޑައިގަތުމަށް ޓްރައޭޖްއިން އިރުޝާދު ދެއްވާނެކަމަށް އައިޖީއެމްއެޗުން ބުނެފައިވެއެވެ.

ސަރުކާރުން އަންނަނީ އައިޖީއެމްއެޗުގައި ދެވޭ ހިދުމަތްތައް އަންނަނީ އިތުރުކޮށް، ދެވޭ ހިދުމަތުގެ ފެންވަރުވެސް ރަނގަޅުކުރުމަށް މުހިންމު އެދެވޭ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް