ޑައިވިނަށް ދިޔަ އަންހެނަކަށް މިޔަރެއް ހަމަލާދީގެން ފަރުވާ ދެނީ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ޑައިވިނަށް ދިޔަ އަންހެން ފަތުރުވެރިއަކަށް މިޔަރެއް ހަމަލާދީގެން ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.
ހަމަލާ ދީފައިވަނީ ޗައިނާއަށް ނިސްބަތްވާ 45 އަހަރުގެ އަންހެނަކަށެވެ.
ފުލުހުން ބުނީ، މާފުށިން ޑައިވިނަށް ދިޔަ ފަތުރުވެރިއަކަށް މިޔަރެއް ހަމަލާ ދީގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މަޢުލޫމާތު ލިބިގެން ފުލުހުން އެޓެންޑް ވެފައިވާ ކަމަށެވެ.
އަދި އެމީހާއަށް ޓްރީޓޮޕް ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމަށާ އޭނާގެ ހާލަތު ރަނގަޅު ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް