ހޯރަ އިއްބެއަށް މާފްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަ ސެކެޓްރީކަމުގެ މަގާމު، ރައީސް ނަޝީދުގެ ދައުރުގައި އަދާކުރެއްވި އިބްރާހިމް ރަޝީދު (ހޯރައިއްބެ)އަށް މައާފްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.
ހޯރައިއްބެގެ މައްޗަށް ކުޑަކުއްޖަކާއި މެދު ބަދުއަޚުލާގީ އަމަލެއް ހިންގިކަމުގެ ކުށް 2013 ވަނަ އަހަރުގެ ތެރޭގައި ސާބިތުވެ ވަނީ 10 އަހަރުގެ ޖަލުހުކުމެއް އިއްވާފައެވެ.
ހޯރައިއްބެގެ ހުކުމް ތަންފީޒުކުރުން ލުއިކުރުމަށް ނިންމާފައިވާކަން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދުވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ހޯރައިއްބެ މިނިވަންވާނެ ދުވަހެއް ކަށަވަރުވާގޮތް އަދި ވަނީ ނުވެފައެވެ.
ހޯރަ އިއްބެ 2012 ވަނަ އަހަރުގެ ޑިސެމްބަރުގައި ހައްޔަރު ކުރީ 17 އަހަރުގެ އަންހެން ކުއްޖަކާ އެކު ޖިންސީ ގުޅުން ހިންގަނިކޮށް ކޯޓު އަމުރެއްގެ ދަށުން އެ ގެއަށް ވަދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް