ރަޝިޔާގެ އޭ.އެން-24 (An-24) މަރުކާގެ މަތިންދާ ބޯޓެއް
ރަޝިޔާގެ އޭ.އެން-24 (An-24) މަރުކާގެ މަތިންދާ ބޯޓެއް
ދުނިޔެ 24 Jul 2025 | 09:08

ރަޝިޔާގެ މަތިންދާ ބޯޓެއް ވެއްޓި ދަތުރުކުރި އެންމެން މަރުވެއްޖެ

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ރަޝިޔާގެ އިރުމަތީގައި، ސޯވިއެޓް ޒަމާނުގެ އޭ.އެން-24 (An-24) މަރުކާގެ މަތިންދާ ބޯޓެއް ވެއްޓި، އެ ބޯޓުގައި ދަތުރުކުރި އެންމެން މަރުވެއްޖެއެވެ.

ރަޝިޔަން އެމެޖެންސީ ސާވިސަސް އިން ބުނީ، މި ހާދިސާ ހިނގާފައިވަނީ އަމޫރު އޮބްލާސްޓްގެ ޓިންޑާ ސިޓީއާ ގާތްގަނޑަކަށް 15 ކިލޯމީޓަރު ދުރުގައި ކަމަށެވެ.

އަންގާރާ އެއަރލައިންސްގެ މި ބޯޓުގައި 43 ފަސަންޖަރުންނާއި 6 ފަޅުވެރިން ހިމެނޭގޮތަށް ޖުމްލަ 49 މީހުން ދަތުރުކުރިއެވެ. މި ފަސަންޖަރުންގެ ތެރޭގައި ފަސް ކުޑަކުދިން ވެސް ހިމެނެއެވެ.

ބޯޓު ދަތުރުކުރަމުން ދިޔައީ ޚަބަރޮވްސްކްއިން ބްލަގޮވެޝްޗެންސްކް މެދުވެރިކޮށް ޓިންޑާއަށް ކަމަށާއި، ބޯޓު ފުރަތަމަ ފަހަރު ޖެއްސުމަށް މަސައްކަތްކޮށް ނާކާމިޔާބުވުމުން ދެވަނަ ފަހަރަށް ޖެއްސުމަށް މަސައްކަތްކުރަމުން ދަނިކޮށް ރާޑަރުން ގެއްލުނީ ކަމަށް ރަޝިޔާގެ މީޑިއާއިން ރިޕޯޓްކުރެއެވެ.

އެއް މަސްދަރަކުން އިންޓަރފެކްސް އަށް މައުލޫމާތު ދެމުން ބުނެފައިވަނީ "ބޯޓު ޖައްސާ ހިސާބާ ކައިރިވެފައި ވަނިކޮށް ބޯޓާ ގުޅުން ކެނޑުނު“ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ރަޝިޔާގެ އޭވިއޭޝަން އެޖެންސީ، ރޮސާވިއޭޝިޔާއިން ވަނީ ގެއްލުނު ބޯޓު ހޯދުމަށް ކުއްލި ޙާލަތުގެ ޓީމުތައް ފޮނުވާފައެވެ. ބާޒާ އައުޓްލެޓްގެ ރިޕޯޓްގައިވާ ގޮތުން ފުރަތަމަ ހޯދުމުގެ މަސައްކަތުގައި އެމް.އައި-8 (Mi-8) ހެލިކޮޕްޓަރަކާއި 12 މީހުންގެ ޓީމެއް ބޭނުންކުރިއެވެ. ނަމަވެސް ބޯޓުގެ އެއްވެސް ނިޝާނެއް ނުފެނުމުން ކުއްލި ޙާލަތާ ބެހޭ މިނިސްޓްރީ (އެމަރކޮމް) އިން އިތުރު ވައިގެ ވަސީލަތްތައް ބޭނުންކުރިއެވެ. އެ ކުރި މަސައްކަތުން ބޯޓު ވަނީ ފެނިފައެވެ.

ޓީ.އޭ.އެސް.އެސް (TASS) އިން ރިޕޯޓްކޮށްފައިވާ ގޮތުން މި ބޯޓަށް ގާތްގަނޑަކަށް 50 އަހަރު ވެފައިވީ ނަމަވެސް 2036 ވަނަ އަހަރާ ހަމައަށް ބޯޓަށް ދަތުރުކުރެވޭނެ ކަމުގެ ސެޓްފިކެޓް އޮތެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހޫތީން ސަޢުދީގެ ވެރިރަށް ރިޔާޟަށް ހަމަލާ ދެމުންދާތާ ތިން ދުވަސް؛ މިހާތަނަށް 14 މީހުން މަރުވެއްޖެ
13 Oct 2026 ދުނިޔެ

ހޫތީން ސަޢުދީގެ ވެރިރަށް ރިޔާޟަށް ހަމަލާ ދެމުންދާތާ ތިން ދުވަސް؛ މިހާތަނަށް 14 މީހުން މަރުވެއްޖެ

މި ހަމަލާތަކުގައި މިހާތަނަށް 14 މީހުން މަރުވެ، އެތައް ބަޔަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިކަމާ ގުޅިގެން ރިޔާޟުގެ ކިންގް ޚާލިދު ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ވަނީ ބަންދުކޮށްފައެވެ.

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި
12 Oct 2026 ދުނިޔެ

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ސަރުކާރާއި ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ ޕާޓީ (ޕީ.ޓީ.އައި) އާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއި، ޖުމްލަކޮށް ޙާލަތު ގޯސްވުމާ ގުޅިގެން،...

ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި
10 Oct 2026 ދުނިޔެ

ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި

ރަޝިއާގެ ޑީސަލް ގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ޤައުމުގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފިއެވެ. މި އެއްބަސްވުމަކީ، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން މޮސްކޯއާ...

ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި ފަސް މީހުން މަރުވެއްޖެ
07 Oct 2026 ދުނިޔެ

ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި ފަސް މީހުން މަރުވެއްޖެ

ރަޝިއާ ސިފައިން ރޭ ޔޫކުރެއިނުގެ އެކި ސަރަހައްދުތަކަށް 70 މިސައިލާއި ޑްރޯން ބޭނުންކޮށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެ ގިނަ އަދަދެއްގެ އިމާރާތްތައް ހަލާކުވެފައިވާ ކަމަށް ޔޫކުރެއިނުގެ ...

ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން ނުރައްކާތެރި "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
05 Oct 2026 ދުނިޔެ

ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން ނުރައްކާތެރި "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ

ރަޝިއާގެ ސައިބީރިއާ ސަރަހައްދުގައި ހުންނަ ސިއްހީ ތަހުލީލީ އިދާރާއެއްގެ ލެބޯޓްރީ ޓެކްނީޝަނަކު، ނުރައްކާތެރި "ޕްލޭގް" ބަލި ފަތުރާ ޖަރާސީމު ހުރި ޓިއުބެއް ތަޅާލި ކަމަށް ބުނާ ހާދިސާއަކަށްފަހު، އޭނާ ކުއްލި ...

ރަޝިއާއިން ހަމަލާއެއް ދީފާނެކަމުގެ ބިރު ބޮޑުވެ ޔޫރަޕް ދިފާޢީ ތައްޔާރީތައް ވަރުގަދަކޮށްފި
19 Sep 2026 ދުނިޔެ

ރަޝިއާއިން ހަމަލާއެއް ދީފާނެކަމުގެ ބިރު ބޮޑުވެ ޔޫރަޕް ދިފާޢީ ތައްޔާރީތައް ވަރުގަދަކޮށްފި

ރަޝިއާއިން ނޭޓޯ ޤައުމުތަކަށް ޑްރޯން ނުވަތަ މިސައިލް ހަމަލާއެއް ދީފާނެ ކަމުގެ ބިރު ބޮޑުވެ ޔޫރަޕްގެ އިސްވެރިން ރައްޔިތުން އެ ނުރައްކަލަށް ހޭލުންތެރިކުރުމުގެ މަސައްކަތް ފަށައިފިއެވެ. ޕޮލެންޑުގެ ބޮޑުވަޒީރ...

އިންޑިއާއިން ރަޝިޔާއަށް އެއް މިލިއަން ފީފާގެ ޕެޓްރޯލް ފޯރުކޮށްދީފި: ރިޕޯޓް
30 Aug 2026 ދުނިޔެ

އިންޑިއާއިން ރަޝިޔާއަށް އެއް މިލިއަން ފީފާގެ ޕެޓްރޯލް ފޯރުކޮށްދީފި: ރިޕޯޓް

ޔޫކްރެއިނުގެ ޑްރޯން ހަމަލާތަކުގައި ރަޝިޔާގެ ރިފައިނަރީތައް ހުއްޓުމަކަށް އައިސް އެ ޤައުމުގެ ޕެޓްރޯލް އުފެއްދުން ބޮޑުތަނުން ދަށްވުމާ ގުޅިގެން ވޭތުވެދިޔަ ދެ މަހު އިންޑިއާއިން ގާތްގަނޑަކަށް އެއް މިލިއަން ...

ފަތުރުވެރިކަމާއި ވައިގެ ދަތުރުތައް ފުޅާކުރުމަށް އެމްއޭސީއެލްގެ ޓީމެއް ރަޝިއާގައި
18 Aug 2026 ހަބަރު

ފަތުރުވެރިކަމާއި ވައިގެ ދަތުރުތައް ފުޅާކުރުމަށް އެމްއޭސީއެލްގެ ޓީމެއް ރަޝިއާގައި

ރަޝިއާ ނުވަތަ ރޫސީވިލާތުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު އިތުރުކޮށް ވައިގެ ދަތުރުފަތުރުގެ ގުޅުންތައް ހަރުދަނާކުރުމަށް ސަރުކާރާއި އަމިއްލަ ކުންފުނިތައް ހިމެނޭ ވަފުދެއް މޮސްކޯ އާއި ސެއިނ...