އަހަރުގެ އެންމެ މޮޅު އިންޖިނޭރުގެ އެވޯޑާއެކު ދެ އެވޯޑެއް ޑރ. ފުރުގާން
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
އިންޖިނިއާ އޮފް ދަ އިޔާ އެވޯޑް އެމްޑަބްލިއުއެސްސީގެ ރިސްކް އެންޑް ކޮމްޕްލަޔަންސް ޑިވިޝަންގެ ޖެނެރަލް މެނޭޖާ ޑރ. ފުރުގާން އިބްރާހީމް ހާސިލުކުރައްވައިފި އެވެ.
މިރޭ އޮތް "އިންޖިނިއަރސް އެވޯޑް 2026" ރަސްމިއްޔާތުގައި އިންޖިނިއާ އޮފް ދަ އިޔާ އަކީ ފުރުޤާން އިބްރާހީމްކަން ވަނީ އިއުލާނުކޮށްފަ އެވެ. އެ އެވޯޑް އޭނާއާ ހަވާލުކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.
މީގެ އިތުރުން އެހެން އެވޯޑެއް ވެސް އޭނާއަށް ވަނީ ލިބިވަޑައިގެންފަ އެވެ. އެއީ އިންޖިނިއަރިން އިނޮވޭޝަން، ޓެކްނޮލޮޖީ އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑެވެ.
މިރޭގެ ހަފްލާގައި އިއްވި ޑރ. ފުރުޤާނާއި ގުޅޭ މައުލޫމަތުތަކުގައި ބުނީ އޭނާ ވަނީ އިންޖިނިއަން ދިރާސާކުރުމާއި ހަކަތައިގެ ދާއިރާ އާއި ހިންގުމުގެ ދާއިރާގައި 20 އަހަރު ޚިދުމަތް ކުރައްވާފައިވާ ކަމަށެވެ. އަދި އިޔާދަކުރަނިވި ހަކަތަ އާއި ފެން އުފައްދާ ނިޒާމުތަކާއި އިންޖިނިއަރިން ދިރާސާތަކާއި ހިންގުމުގެ ހަރުދަނާ ކަމާއި ޤައުމީ ތަރައްޤީގައި ކޮށްދެއްވާފައިވާ ޚިދުމަތްތައް ފާހަގަ ކޮށްފައިވެ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް