އަވައްޓެރި ސްރީލަންކާގައިވެސް ތެލުގެ އަގު ބޮޑުކޮށްފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
އަވައްޓެރި ސްރީލަންކާގައި އިއްޔެ ތެލުގެ ބާވަތްތަކުގެ އަގުތައް ބޮޑުކޮށްފިއެވެ.
ސްރީލަންކާގެ ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަން (ސީޕެޓްކޯ) އިން ތެލުގެ އަގުތައް ބޮޑުކޮށްފައިވާއިރު، އޮޓޯ ޑީސަލް ލީޓަރަކުން 22 ރުޕީސް، ސުޕަރ ޑީސަލް ލީޓަރަކުން ވަނީ 24 ރުޕީސް ބޮޑުކޮށްފައެވެ.
ތެލުގެ އަގަށް ގެނައި މި ބަދަލާއެކު އޮޓޯ ޑީސަލް ލީޓަރެއްގެ އަގު 303 ރުޕީސްއަށް ބޮޑުވެފައިވާއިރު، ސުޕަރ ޑީސަލް ލީޓަރެއްގެ އަގު ވަނީ 353 ރުޕީސްއަށް ބޮޑުކޮށްފައެވެ.
ސްރީލަންކާގައި ތެލުގެ އަގަށް ގެނައި ބަދަލު:
- އޮޓޯ ޑީސަލް: 303 ރުޕީސް (22 ރުޕީސް ބޮޑުވެފައި)
- ސުޕަރ ޑީސަލް: 353 ރުޕީސް (24 ރުޕީސް ބޮޑުވެފައި)
- 92 އޮކްޓޭން ޕެޓްރޯލް: 317 ރުޕީސް (24 ރުޕީސް ބޮޑުވެފައި)
- 95 އޮކްޓޭން ޕެޓްރޯލް: 365 ރުޕީސް (25 ރުޕީސް ބޮޑުވެފައި)
- ކަރާސީނު ތެޔޮ: 195 ރުޕީސް (13 ރުޕީސް ބޮޑުވެފައި)
ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަން (ސީޕެޓްކޯ) އިން ބުނީ ތެލުގެ އަގަށް މިވަގުތު ބަދަލު ގެންނަން ޖެހުނީ ދުނިޔޭގެ ބާޒާރުގައިވެސް ތެލުގެ އަގަު ބޮޑުވަމުން ދިއުމާ ގުޅިގެން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް