ގެއްލިގެން ހޯދި ޤައުމީޓީމުގެ ކުރީގެ ކުޅުންްތެރިޔާ ސާއިފް ފެނިއްޖެ
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ހުޅުމާލެއިން، ގެއްލިގެން ހޯދަމުންދިޔަ، ޤައުމީޓީމްގެ ކުރީގެ ޑިފެންޑަރު މުޙައްމަދު ސާއިފު ފެނިއްޖެއެވެ.
ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައިބުނެފައިވަނީ، ހއ. ހޯރަފުށި/ ހީރާ، މުޙައްމަދު ސާއިފް ފެނިފައިވާކަމަށެވެ. އޭނާ ފެނުނީ މާލެއިންނެވެ. ފެނުނުއިރު ހާލު ރަނގަޅުކަމަށްވެސް ފުލުހުން ބުންޏެވެ.
ސާއިފްގެ ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ ފުލުހުން އޭނާ ހޯދުމުގެ މަސައްކަތް ފެށިކަމަށް ބުނެފައިވަނީ، މިއަދުގެ ވަގުތެއްގައެވެ. ފުލުހުން އޭރު ބުނީ މުޙައްމަދު ސާއިފް އެންމެ ފަހުން ފެނިފައިވަނީ ސެޕްޓެންބަރު 24 ވަނަ ދުވަހުގެ ރޭ 21:00 ހާއިރު، ހުޅުމާލެ ފޭސް 3 އިން ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް