ނ. ހޮޅުދޫ މަގުތަށް ތަރައްޤީކުރުމުގެ މަޝްރޫއު ބާރު ސްޕީޑްގައި ކުރިޔަށް
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ނ. ހޮޅުދޫގެ މަގުތަށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މުހިއްމު މަސައްކަތްތަކެއް ފަށައިފިއެވެ.
އެގޮތުން އެރަށުގެ ލައިނޫފަރު މަގުގައި ކޭބަލް ޖަންކްޝަން ހުރަސް ހޮޅި އެޅުމާއި މަގު ކޮނުމުގެ މަސައްކަތް އާރުޑީސީއިން އަންނަނީ ކުރަމުންނެވެ.
އާރުޑީސީއިން އެރަށު މަގުހެދުމުގެ މަސައްކަތް ފަށާފައިވަނީ 2023 ވަނަ އަހަރުގެ ޖޫން މަހުގެ 1 ވަނަ ދުވަހުގައެވެ. އެގޮތުން އެރަށުގެ 4.3 ކިލޯމީޓަރުގެ މަގުގައި ތާރު އަޅައިގެން މިހާރު ވަނީ ތަރައްޤީކޮށްފައެވެ. އަދިހަމައެހެންމެ، ފެން ހިންދާ ނިޒާމު ޤާއިމުކުރުމުގެ އިތުރުން މަގު ބައްތި ޖެހުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ވަނީ ކުރިޔަށް ގެންގޮސްފައެވެ.
ހޮޅުދޫ މަގުހެދުމުގެ މަޝްރޫޢަށް ގާތްގަނޑަކަށް 71 މިލިއަން ރުފިޔާ ވަނީ ޚަރަދުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް