މުޅި ރާއްޖެ ސާފުކުރުމުގެ ބޮޑު ޕްރޮގްރާމެއް ފަށައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރާއްޖޭގެ ތިމާވެއްޓާއި ވެށި ސާފުތާހިރުކޮށް ބޭއްވުމުގެ މަގުސަދުގައި، މުޅި ރާއްޖެ ސާފުކުރުމުގެ ބިޔަ ޕްރޮގްރާމެއް އިފްތިތާހުކޮށްފިއެވެ.
މި ޕްރޮގްރާމް މިއަދު ހެނދުނު މާފަންނު ސްޓޭޑިއަމް ސަރަހައްދުން އިފްތިތާހުކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
"ސާފު ރާއްޖެ، އަހަރެންގެ ވެސް ޒިންމާ" ނަމުގައި ކުރިއަށް ގެންދާ ޕްރޮގްރާމްގެ މައިގަނޑު ބޭނުމަކީ ކުނި މެނޭޖު ކުރުމާއި ވެށި ސާފުކުރުމަކީ އެންމެންގެ ޒިންމާއެއްކަން ވިސްނައިދީ، އެ އާދަކާދަ އެންމެންގެ ކިބައިގައި އަށަގެންނެވުންކަމަށް މީގެ ކުރިން އެންވަޔަރަމެންޓް މިނިސްޓްރީން ވަނީ ބުނެފައެވެ.
މި ޕްރޮގްރާމަކީ ސިލްސިލާ ގޮތަށް ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމް ފެއްޓުމަށް މިއަދު ހެނދުނު އޮތް ރަސްމިއްޔާތުގައި ރައީސް އިބްރާހިމްގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގަތެވެ. އަދި ވަޒީރުންނާއި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް