މާލެ-ހުޅުމާލެ ބަސްދަތުރަށް ބޮޑު ބަދަލެއް!
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މާލެއާއި ހުޅުމާލެއާއި ދެމެދު އެމްޕީއެލް އިން މިއަދުން ފެށިގެން ގިނަ ބަސްސްޓޮޕްތަކާއި އެކު ދަތުރުތައް ފައްޓަައިފިއެވެ.
އެޗްޑީސީއިން މައުލޫމާތު ދޭގޮތުގައި މިއަދު ހަވީރު ފަހެއް ޖަހާއިރުން ފެށިގެން މި ބަސްތައް މާލެއާއި ހުޅުމާލެއާއި ދެމެދު ދަތުރުކުރާނެއެވެ. މީގެ ކުރިން ހުޅުމާލެ ތެރޭގައި އެމްޕީއެލްގެ ބަސްތަކުން ދަތުރުތައް ބާއްވާފައެއް ނުވެއެވެ. މިހާތަނަށް އެމްޕީއެލްގެ ބަސްތައް ދަތުރުކޮށްފައިވަނީ ހުޅުމާލެ ފެށޭ ހިސާބަށެވެ.
މި ދަތުރުތައް އޮންނައިރު، މި ދަތުރުތައް ކުރިއަށްދާނީ ކޮންމެ ވިހި މިނެޓަކުންކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ. މި ދަތުރުތަކަށް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކޮށްފައިވާ 7 ބަސް ސްޓޮޕަކުން ދަތުރު ފެށޭނެއެވެ.

ހުޅުމާލޭގެ ބަސް ސްޓޮޕްތަކުން މާލެއަށް ދަތުރުކުރެވޭނެ ގޮތް ހަމަޖައްސަވާނެކަމަށް ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާާ ވަނީ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް